Advertisement

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ވެސް ރޭހަށް

7 ޑިސެންބަރު 2025 - 22:42 0

ނިއުގެ ނޫރާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ޝާފިއު/ އަދަދު ސްޕޯޓްސް


އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ވެސް ރޭހަށް

7 ޑިސެންބަރު 2025 - 22:42 0

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގަށް ވާދަކުރާ ރޭހުގައި ވަރުގަދަ އަށް ޖައްސައިފި އެވެ.

ޖުމްލަ އެކު ހަ ޓީމެއް ކުޅޭ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ގަދަ ހަތަރު ޓީމެއްގެ އޮތީ ހަތަރު ޕޮއިންޓެވެ. އެ ޓީމުތައް ރޭންކް ކުރެވިފައިވަނީ ލަނޑުގެ ތަފާތުންނެވެ. އެ ގޮތުން، އެއް ވަނައިގައި އޮޑި ސްޕޯޓްސް ކްލަބް އޮތްއިރު، ދެ ވަނައިގައި އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ތިން ވަނައިގައި ނިއު އޮތްއިރު، ހަތަރެއްގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ފަސް ވަނައިގައި އޮތް ބިސް ބުރު އާއި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި ނިއު އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ، 15 ވަނަ މިނިޓްގައި މަރިޔަމް ނޫރާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ 24 ވަނަ މިނިޓްގައި، މައީޝާ އަބްދުލް ހަންނާން ވަނީ ނިއުގެ ދެ ވަނަ ލަނޑު ޖަަހައިފަ އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ފާތިމަތު ފައިހާ އަލީ ހަސަން ވަނީ ނިއުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ފައިހާ އާއި މައީޝާ ނިއުގެ ފުރަތަމަ ދެ ގޯލު ޖެހިއިރު، މެޗުގައި ނިއުގެ ފަހު ގޯލު ޖެހީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ފަދުވާ ޒާހިރު އެވެ.

ވިމެންސް ފުޓްބޯލް ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ ބުދަ ދުވަހުގެ ހަވީރު އެވެ. އެ ދުވަހު ކުޅޭ މެޗުގައި، ބިސް ބުރުން ބައްދަލުކުރާނީ އޮޑިއާ އެވެ.