Advertisement

ހުސްނާ ފަހުމީގެ އަރާކުރި ސީރީޒްގައި ހިމެނޭ "ދިވެހީންގެ ވަތަން" ނެރެފި

4 ޑިސެންބަރު 2025 - 18:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަރާކުރި ސީރީޒްގެ 47 ވަނަ ފޮތް ނެރުމުގެ ހަފުލާގައި ހުސްނާ ފަހުމީ ވާހަކަދައްކަވަނީ --


ހުސްނާ ފަހުމީގެ އަރާކުރި ސީރީޒްގައި ހިމެނޭ "ދިވެހީންގެ ވަތަން" ނެރެފި

4 ޑިސެންބަރު 2025 - 18:06 0

ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާ "ދިވެހީންގެ ވަތަން" ފޮތް ނެރެފި އެވެ.

ދިވެހީންގެ ވަތަން ފޮތަކީ ލިޔުންތެރިޔާ، ހުސްނާ ފަހުމީގެ މަޝްހޫރު އަރާކުރި ސީރީޒްގެ 47 ވަނަ ފޮތެވެ. އަރާކުރި ސީރީޒްއަކީ ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކޮށްގެން ނެރޭ ސީރީޒްއެކެވެ. އެ ސީރީޒްގެ ފޮތްތަކުގެ ތެރޭގައި ނާސަރީ ކުދިންނަށް ހާއްސަ އަކުރު ދަސްކުރާ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑުތަކުގެ ކުދިންނަށް ހާއްސަ ފޮތްތައް ހިމެނެ އެވެ.

ހުސްނާ ވިދާޅުވާ ގޮތުގައި ދިވެހީންގެ ވަތަން ނެރުމުގެ ހިޔާލު އުފެދުނީ ރާއްޖޭގެ ސްކޫލްތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށަން އިއުލާނުކުރުމުންނެވެ. ދިވެހީންގެ ވަތަން އަކީ ކިޔަވާ ކުދިންނަށާއި ދިރާސާ ކުރާ މީހުންނަށް ވެސް ވަރަށް މުހިންމު މައުލޫމާތު ލިބޭ ފޮތަކަށް ވެގެންދާނެ ކަމަށް ހުސްނާ ވިދާޅުވެ އެވެ.

އެ ފޮތް ލިޔުމަށްޓަކައި އިހުގެ މީހުންގެ ދިރިއުޅުމާއި ދިވެހީންގެ ސަގާފަތާއި އާދަކާދަ އާއި މަސައްކަތްތެރިކަމުގެ މައްޗަށް ލިޔެފައިވާ ފޮތްތައް ކިޔައި ދިރާސާ ކޮށްފައިވާނެ ކަމަށް ހުސްނާ ވިދާޅުވި އެވެ. އަދި، އެ ފޮތްތަކުގައި ހުރި ކުރީގެ ފޮޓޯތަކަށް ބަދަލެއް ނުގެނެސް، އެ ފޮޓޯތައް ކުލަކޮށްގެން ދިވެހީންގެ ވަތަން ފޮތުގައި ހިމަނާފައިވާނެ ކަމަށް ހުސްނާ ވިދާޅުވި އެވެ.

އެ ފޮތުގެ މައުލޫމާތުތައް ޗެކުކުރެއްވި، މުހައްމަދު ދީދީ އެ ފޮތާ ބެހޭގޮތުން ވިދާޅުވެފައި ވަނީ ދިވެހީންގެ ވަތަން ފޮތަކީ ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާ ބެހޭގޮތުން އެންމެ ގިނަ މައުލޫމާތު އެއް ފޮތަކުން މިހާތަނަށް އަދި ގެނެސްދެވިފައިވާ ފޮތް ކަމަށެވެ.