Advertisement

މެކްސްކޮމްގެ އިޔާ އެންޑް ސޭލް ހާއްސަ އަގުތަކާއެކު ފަށައިފި

30 ނޮވެންބަރު 2025 - 10:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެކްސްކޮމްގެ މައި ފިހާރަ: އެ ފިހާރަ ހުންނަނީ މާލޭ ސޯސަސް މަގުގައި


މެކްސްކޮމްގެ އިޔާ އެންޑް ސޭލް ހާއްސަ އަގުތަކާއެކު ފަށައިފި

30 ނޮވެންބަރު 2025 - 10:13 0

ފުޅާދާއިރާއެއްގައި ރާއްޖޭގައި ލެޕްޓޮޕާއި ފޯނުގެ ވިޔަފާރި ކުރަމުންދާ މެކްސްކޮމް އިން ކޮންމެ އަހަރެއް ނިމުމާ ދިމާކޮށް ކުރިއަށްގެންދާ އިޔާ އެންޑް ސޭލް މި އަހަރު ވަރަށް ހާއްސަ އަގުތަކާއެކު މިއަދު ފަށައިފި އެވެ.

މެކްސްކޮމް އިން ބުނީ ޕްރޮމޯޝަންގެ ދަށުން ޑެލް އަދި އެމްއެސްއައިގެ ލެޕްޓޮޕާއި ޑެކްސްޓޮޕްގެ އިތުރުން އެކްސެސަރީސް ވަރަށް ހާއްސަ ޑިސްކައުންޓަކާއެކު ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ލެޕްޓޮޕްތައް ލިބޭ އެންމެ ދަށް އަގަކީ 8،900ރ. ކަމަށް މެކްސްކޮމް އިން ބުންޏެވެ.

މެކްސްކޮމް އިން ޑެލްގެ އެންމެ ފަހުގެ ޑެލް ޕްރޯ ސީރީޒްގެ ލެޕްޓޮޕާއި ޑެކްސްޓޮޕް ތިން އަހަރުގެ ވޮރެންޓީއާއެކު ލިބެ އެވެ.

ޑެލް އާއި އެމްއެސްއައިގެ އިތުރުން ވާވޭ އާއި ވާޓިވް އާއި އެކްސްޓެލް އަދި ޑީޓެކްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރީ ވެސް މެކްސްކޮމް އެވެ.

އެ ފިހާރައިން ކޮމްޕިއުޓަރު، މޮނީޓަރު، ލެޕްޓޮޕް، މޯބައިލްފޯން، ޓެބްލެޓް އަދި އެހެނިހެން ޑިވައިސްތައް ވެސް ވިއްކަ އެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި އައިސީޓީ ދާއިރާގެ ޕްރޮޑަކްޓްތަކާއި، ސޮލިއުޝަންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން އަދި އެ ދާއިރާގެ ރީޓެއިލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏެކެވެ.

މެކްސްކޮމްގެ މައި ފިހާރަ ހުންނާނީ މާލޭ ސޯސަން މަގުގަ އެވެ.