Advertisement

މެކްސްކޮމް އިން އެކްސްޓެލް އާއި ޑީޓެކްގެ ތަކެތި މާކެޓަށް ނެރިފި

3 ޖޫން 2025 - 14:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެކްސްކޮމް ޓެކްނޮލޮޖީސް: އެތަނުން އެކްސްޓެލް އަދި ޑީޓެކްގެ ތަކެތި މާކެޓަށް ވަނީ ނެރެފައި -- ފޮޓޯ: އަދަދު ފައިލް


މެކްސްކޮމް އިން އެކްސްޓެލް އާއި ޑީޓެކްގެ ތަކެތި މާކެޓަށް ނެރިފި

3 ޖޫން 2025 - 14:15 0

ފުޅާދާއިރާއެއްގައި ރާއްޖޭގައި ލެޕްޓޮޕާއި ފޯނުގެ ވިޔަފާރި ކުރަމުންދާ މެކްސްކޮމް ޓެކްނޮލޮޖީސްގެ ވިޔަފާރި އިތުރަށް ފުޅާކޮށް އެކްސްޓެލް ބްރޭންޑާއި ޑީޓެކް ބްރޭންޑުގެ ތަކެތި ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

މެކްސްކޮމް އިން ބުނީ އަލަށް ރާއްޖެއަށް އެ ކުންފުނިން ތައާރަފްކުރި އެކްސްޓެލް އަދި ޑީޓެކްގެ ތަކެތި މެކްސްކޮމްގެ ފިހާރަތަކުންނާއި ވެބްސައިޓު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.

މެކްސްކޮމްގެ ސީޓީއޯ ސިބާހު ވިދާލުވީ މެކްސްކޮމްއިން އަލަށް ތައާފްކުރި އެކްސްޓެލް އާއި ޑީޓެކްއަކީ ފެންވަރު ރަނގަޅު ދެ ބްރޭންޑު ކަމަށެވެ.

އަލަށް ތައާރަފްކުރި ދެ ބްރޭންޑުގެ ތަކެތި މެކްސްކޮމް އިން ހޯލްސޭލްކޮށް ލިބެން ހުރިއިރު، އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ބޭނުންވާ އަދަދަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެކްސްކޮމް އިން އިމާރާތްތައް އަޅާއިރު ބޭނުންވާ ކޭބަލާއި ޖެކާއި ފޭސްޕްލޭޓް ވެސް ލިބެން އެބަހުއްޓެވެ.

ވިޔަފާރިތަކަށް ވެސް އައިސީޓީ ހާޑުވެއާ އަދި ސޮފްޓްވެއާ ސޮލިއުޝަން، ޑާޓާ ސެންޓަ ސޮލިއުޝަން، ސީސީޓީވީ އަދި އެކްސެސް ކޮންޓްރޯލްގެ ޕްރޮޑަކްޓާއި ސާވިސް ފުޅާ ދާއިރާއެއްގައި މެކްސްކޮމްއިން ދެ އެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި އައިސީޓީ ދާއިރާގެ ޕްރޮޑަކްޓްތަކާއި، ސޮލިއުޝަންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން އަދި އެ ދާއިރާގެ ރީޓެއިލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏެކެވެ. އެ ފިހާރައިން ކޮމްޕިއުޓަރު، މޮނީޓަރު، ލެޕްޓޮޕް، މޯބައިލްފޯން، ޓެބްލެޓް އަދި އެހެނިހެން ޑިވައިސްތައް ވިއްކަ އެވެ.

މެކްސްކޮމްގެ މައި ފިހާރަ ހުންނާނީ މާލޭ ސޯސަން މަގުގަ އެވެ.