15 އޮކްޓޯބަރު 2024 - 20:14 0
ލީވާން އަލީ ނާސިރު
މެކްސްކޮމްއިން ޑެލްއާ ގުޅިގެން ބޭއްވި އިވެންޓުގެ ތެރެއިން: އިވެންޓުގައި އޭއައިއާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
15 އޮކްޓޯބަރު 2024 - 20:14 0
މެކްސްކޮމް ޓެކްނޮލޮޖީސްއިން ޑެލް ޓެކްނޮލޮޖީސްގެ ހާޑްވެއާ ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއަށް ގެންދާނެ ގޮތް މިއަދު ކިޔައިދީފި އެވެ.
މެކްސްކޮމްއިން ޑެލްއާ ގުޅިގެން ހޮޓެލް ޖެންގައި ބޭއްވި އިވެންޓުގައި 60 އަށް ވުރެ ގިނަ ތަނުން 70 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އިވެންޓުގައި ކޮމިއުނިޓީގައި ދިމާވާ އެކި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި، މިނިސްޓްރީތަކާއި ސަރުކާރުގެ އެކި ކުންފުނިތަކާއި އަދި އަމިއްލަ އެހެން ކުންފުނިތަކަށް ވަނީ މައުލޫމާތު ދީފަ އެވެ.
ސެޝަންގައި ޑެލް ކުންފުނީގެ މުވައްޒަފުން ޕްރެޒެންޓޭޝަންތައް ދިނުމުގެ އިތުރުން ބައިވެރިންގެ ހުރި އެކި ސުވާލުތަކަށް ޖަވާބު ވެސް ވަނީ ދީފަ އެވެ.
މެކްސްކޮމްގެ ޗީފް ޓެކްނޮލޮޖީ އޮފިސާ (ސީޓީއޯ) އަހުމަދު ސިބާހު ވިދާޅުވީ އޭއައި ބޭނުން ނުކުރާ މީހުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އައުޓްޑޭޓް ވެގެންދާނެ ކަމަށާއި މަސައްކަތުގެ މާހަލުގައި އިންސާނުންނަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗަކަށް އެ ޓެކްނޮލޮޖީ ވެފައިވާ ކަމަށެވެ.
މެކްސްކޮމްއިން ޑެލްއާ ގުޅިގެން ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
"ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް ބިޒްނަސް އިންޓެލިޖެންސްފަދަ އެއްޗެހި ބޭނުން ކޮށްގެން ކުރިއެރުންތައް އައިސްދާނެ. މެޑިކަލް އިންޑަސްޓްރީގައި އޭއައި ބޭނުން ކޮށްގެން ޑައިގްނޯސިސްތައް އެކިއުރޭޓް ކުރެވޭނެ. ފައިނޭންޝަލް ސެކްޓާގައި ބަޖެޓިން އާއި ފްރޯޑް ކަހަލަ ކަންތައްތަކަށް އޭއައި ބޭނުންކޮށްގެން އެހީ ލިބޭނެ،" ސިބާހު ވިދާޅުވި އެވެ.
މިފަދަ މައުލޫމާތުތައް ދިނުމުގެ ބޭނުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އޭއައި ބޭނުން ކޮށްގެން ބޮޑެތި ކުރިއެރުންތައް ހޯދިދާނެކަން ދައްކުވައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިބާހު ވިދާޅުވި ރާއްޖޭގައި އެކި ދާއިރާތަކުން ހުނަރު ލިބިފައި ތިބި މީހުން މަދުވުމާއެކު، އޭއައިގެ ސަބަބުން އެ ގެޕް ފިލް ކުރަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މެކްސްކޮމްއިން ޑެލްގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ނެރެމުންދާތާ 15 އަހަރު ވަނީ ވެފަ އެވެ. މިގޮތުން، އެ ކުންފުނިން މާކެޓަށް ނެރޭ ކޮންމެ އާ ޓެކްނޮލޮޖީއެއް މެކްސްކޮމްއިން ރާއްޖެއަށް ގެނެސްދެ އެވެ.
މެކްސްކޮމްއިން ކޮންމެ އަހަރަކު ވެސް ތަފާތު އެކި ބްރޭންޑްތަކުގެ މީހުން ރާއްޖެ ގެނެސް، އެކި ދާއިރާތަކުގެ މީހުންނަށް މައުލޫމާތު ދިނުމަށް ފޯރަމްތައް ބާއްވަ އެވެ.
Comment