Advertisement

ޔޫކްރެއިނާއި ރަޝިއާގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ދުވަސް "ކާމިޔާބު"

about 2 hours 0

ފެބްރުއަރީ 4، 2026: އެމެރިކާ މެދުވެރިވެގެން ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިންގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ ރުސްތަމް އުމަރޯވް ޔޫއޭއީގެ އަބޫދާބީގައި


ޔޫކްރެއިނާއި ރަޝިއާގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ދުވަސް "ކާމިޔާބު"

about 2 hours 0

ހަތަރު އަހަރާ ގާތްވެފައިވާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ މެދުވެރިވެގެން ޔޫއޭއީގައި ފެށި ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ދުވަސް ނިންމާލީ އުއްމީދީ ނަތީޖާތަކަކާއެކު ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިންގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ އިސްވެރިޔާ ރުސްތަމް އުމަރޯވް ވިދާޅުވީ، އަބޫދާބީގައި ބުދަ ދުވަހު ކުރިއަށްދިޔަ މަޝްވަރާތަކަކީ "މާނަހުރި އަދި ނަތީޖާ ނެރެވޭނެ ފަދަ" ބައްދަލުވުންތަކެއް ކަމަށެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ ވިދާޅުވީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި މަޝްވަރާތަކުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އަންނަން އުޅޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެންޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ނަމަވެސް، ސުލްހައިގެ ވާހަކަތައް ކުރިއަށްދާއިރުވެސް ރަޝިއާގެ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ.

ބުދަ ދުވަހު ރަޝިއާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިންގެ މާރުކޭޓަކުން ހަތް މީހުން މަރުވެފައި ވާއިރު، ކަރަންޓު އިންފްރާސްޓްރަކްޗަރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ބައިވެރިވުމާއެކު ދެ ގައުމުގެ ދެމެދުގައި ހުރި ބައެއް މައްސަލަތައް މަދުކުރެވިފައިވީ ނަމަވެސް، އަދިވެސް ހައްލުނުވެ ހުރީ އެންމެ އުނދަގޫ މައްސަލަތަކެވެ. އޭގެ ތެރޭގައި ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ބިންތަކުގެ މިލްކުވެރިކަމުގެ މައްސަލަ ހިމެނެއެވެ.

މި މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތައް ބުރާސްފަތި ދުވަހު އަބޫދާބީގައި ކުރިއަށްދާނެއެވެ.