Advertisement

ލަންކާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 56 އަށް އަރައިފި

28 ނޮވެންބަރު 2025 - 16:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން -- ފޮޓޯ: އޭއެފްޕީ


ލަންކާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 56 އަށް އަރައިފި

28 ނޮވެންބަރު 2025 - 16:41 0

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކުގައި 56 މީހުން މަރުވެއްޖެ އެވެ.

ލަންކާގެ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ މިދިޔަ ހަފްތާއިން ފެށިގެން ލަންކާގެ މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 56 މީހުން މަރުވެ 600 އަށްވުރެ ގިނަ ގެއަށް ގެއްލުންތަކެއް ލިބި، ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ގެތަކުގެ އިތުރުން ދަނޑުބިންތަކާއި މަގުތައް ވެސް ދަނީ ހަލާކުވަމުންނެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއް ކޯރުތައް ވެސް ވަނީ ބަންޑުންވެފަ އެވެ. އޭގެ ސަބަބުން މަގުތައް ބްލޮކްވެ މީހުން ސަލާމަތް ކުރުމަށް ވެސް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.

އާންމު ދިރިއުޅުމަށް އަސަރު ކުރުމުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފަ އެވެ. އޭގެއިތުރުން ޓްރެއިން ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.