Advertisement

ހުޅުމާލޭގެ ހުރި ބައެއް ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި

27 ނޮވެންބަރު 2025 - 15:14 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެޗްޑީސީގެ އޮފީސް އިމާރަތް


ހުޅުމާލޭގެ ހުރި ބައެއް ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި

27 ނޮވެންބަރު 2025 - 15:14 0

ހުޅުމާލޭގެ އެކި ސަރަހައްދުތުގައި ބޭނުންނުކޮށް ހުސްކޮށް ހުރި ބައެއް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލާފައިވާކަން އެނގިއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިންތައް ވިއްކާލާފައިވަނީ ރިއަލް އެސްޓޭޓާއި އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރު ވެސް ހިންގަމުން އަންނަ ކުންފުނިތަކަކަށެވެ. އޭގެ ތެރޭގައި ބޭރު ކުންފުނިތަކެއް ހިމެނޭކަން ވެސް ވަނީ އެނގިފަ އެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު، އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށް ދިން ބިން ވެސް މިހާރު ވަނީ ޗައިނާގެ ކުންފުންޏަކަށް ދީފަ އެވެ.

މަތީފަންތީގެ ޝޮޕިން މޯލެއް އަޅަން ސެންޓްރަލް ޕާކް ކުރިމަތިން އުރީދޫ ބިލްޑިންއާ ޖެހިގެން ހުޅަނގަށް އޮތް 300،000 އަކަފޫޓުގެ ބިމުން ގާތްގަނޑަކަށް 100،000 ފޫޓު ޖަނާހުއަށް ދިނެވެ.

މި ބިންތައް ދޫކޮށްފައިވަނީ ކޮން އަގެެއްގައި ކަމެއް، އަދި ޝަރުތުކުރި ކަންކަމަކީ ކޮބައިކަމެއް އެޗްޑީސީން ހާމަކޮށްފައެއް ނެތެވެ. އެކަމާ ގުޅޭ ގޮތުން އެ ކުންފުނިން އެއްވެސް ކަމެއް ހާމަކޮށްފައި ނުވެ އެވެ.

އޭގެ އިތުރުން ވެސް ޗައިނާގެ ކުންފުނިތަކަކަށް ބިންތަކެއް ދިނުމަށް ރައީސް އޮފީހުން އަންގައިގެން ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާކަން ވެސް ވަނީ އަދަދު އަށް އެނގިފަ އެވެ.

އިއުލާނު ކުރުމެއް ނެތި ވިޔަފާރި ބޭނުންތަކަށް ހުޅުމާލޭން ގިނަ ބިންތަކެއް އެޗްޑީސން ދޫކުރަމުންދާތީ އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، އިއުލާނު ކުރުމެއް ނެތި މާލެ އާއި ވިލިމާލެއިން އަމިއްލަ ފަރާތްތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކަށް ބިންތަކާއި އިމާރާތްތައް ދޫކޮށްލީ ކައުންސިލުން ފާސްނުކޮށް ކަމަށްވާތީ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ.