Advertisement

އާސެނަލުން ބަޔާން ބަލިކޮށް ފެންވަރު ދައްކާލިއިރު، އެމްބާޕޭ ރެއާލް މޮޅުކޮށްދީފި

27 ނޮވެންބަރު 2025 - 08:57 0


އާސެނަލުން ބަޔާން ބަލިކޮށް ފެންވަރު ދައްކާލިއިރު، އެމްބާޕޭ ރެއާލް މޮޅުކޮށްދީފި

27 ނޮވެންބަރު 2025 - 08:57 0

ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކްގެ މައްޗަށް އާސެނަލުން 3-1 އިން ކުުރިހޯދިއިރު، ކީލިއަން އެމްބާޕޭ ހަތަރު ގޯލު ޖަހައި، 4-3 އިން އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ މި ހަފްތާގެ ނަތީޖާތަކަށް ފަހު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އާސެނަލް އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ، ތިން ވަަނައިގައި އޮތް ބަޔާން، ހަތަރެއްގައި އޮތް އިންޓަ މިލާން އަދި ފަސް ވަނައިގައި އޮތް ރެއާލަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި ރޭ ލީޑުނެގީ، ޖޫރިއަން ޓިމްބާ ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންގެ 17 އަހަރުގެ ފޯވާޑް، ލެނާޓް ކާލް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަަނަ ހާފުގައި އާސެނަލް މޮޅުކޮށްދިން ލަނޑުތައް ޖެހީ ނޯނީ މަޑުއޭކޭ އާއި ގަބްރިއެލް މާޓިނެލީ އެވެ.


ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި އޮލިމްޕިއާކޯސްގެ ޗިކީނިއޯ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި އެމްބާޕޭ ވަނީ ހެޓްރިކެއް ހަދައި ރެއާލް ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެމްބާޕޭ ތިން ގޯލު ޖެހީ، ހަ މިނިޓް 42 ސިކުންތުންނެެވެ. މިއީ، ޗެމްޕިއަންސް ލީގުގައި ދެ ވަަނަ އަށް އެންމެ މަދު ވަގުތުގެތެރޭގައި ހެދި ހެޓްރިކް އެވެ. އެންމެ މަދު ވަގުތުގެ ތެރޭގައި ހެޓްރިކެއް ހެދީ ހަ މިނިޓް 12 ސިކުންތު ތެރޭގައި ރޭންޖާސް ކޮޅަށް ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ.

ދެ ވަނަ ހާފުގައި އެމްބާޕޭ، އޭނާގެ ހަތަރު ވަނަ ގޯލު ޖެހިއިރު، ފަހުން އޮލިމްޕިއާކޯސް އިން ދެ ގޯލު ޖެހި ނަމަވެސް، ރެއާލް ވަނީ ހަތަރު މެޗުގެ ތެރޭގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. އޮލިމްޕިއާކޯސްގެ ފަހު ލަނޑުތައް ޖެހީ މަހުދީ ތަރޭމީ އާއި އަޔޫބް އެލް ކާބީ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ފަހަރު ލީޑުނެގި ނަމަވެސް 5-3 އިން ވަނީ ބަލިވެފަ އެވެ. މި މެޗުގައި، ޕީއެސްޖީ ކޮޅަށް ޓޮޓެންހަމްގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، ޕީއެސްޖީގެ ލޯނެއްގައި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ރަންޑަލް ކޯލޯ މުއާނީ އެވެ. އަނެއް ލަނޑު ޖެހީ، ރިޗާލިސަން އެވެ. ޕީއެސްޖީން ލަނޑުތައް ޖެހީ، ވިޓީނިއާ ހެޓްރިކެއްގެ އިތުރުން، ފަބިއަން ރުއީޒް އާއި ވިލިއަން ޕަޗޯ އެވެ. ޕީއެސްޖީން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ލޫކަސް ހެނާންޑޭޒަށް ދެއްކި ރަތް ކާޑާ އެކު އެވެ.

ޖޯސޭ ޖިމެނޭޒް އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލުން އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. ޖޫލިއަން އަލްވަރޭޒް، އެތުލެޓިކޯ އަށް ލީޑުނަގައިދިން މި މެޗުގައި އިންޓަ އިން އެއްވަރުކުރީ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ގޯލުންނެވެ.