Advertisement

ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

25 ނޮވެންބަރު 2025 - 07:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިއަދު ހެނދުނު މާލޭގެ މަގެއްގައި ފެންބޮޑުވެފައިވާއިރު މީހާކު ހިނގާފައި އަންނަނީ. -- ފޮޓޯ: އަދަދު


ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

25 ނޮވެންބަރު 2025 - 07:31 1

ރޭ މެންދަމުން ފެށިގެން ވެހެމުން ދިޔަ ވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މޫސުން ގޯސްވެ، މާލެ ސަރަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން، މިއަދު ހެނދުނު 9:00 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައި ވާއިރު، މާލެ އަށް ވެހެމުންދާ ވާރޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނު ސަރަހައްދުގަ އެވެ.

މާލޭގެ ބައެއް މަގުތަކުގައި ހިނގާބިނގާވުމަށް ދަތިވާ މިންވަރަށް ފެންބޮޑުވެފައި ވާއިރު، މާފަންނު ބައެއް ސަރަހައްދުތަކުގައި ވެހިކަލް ދުއްވަން ދަތިވާ މިންވަރަށް ފެންބޮޑުވެފައިވެ އެވެ.

ނަމަވެސް، ފެން ހިންދުމުމަށް ޕަމްޕުތައް ބޭނުންކުރަން ފަށާފައެއް ނުވެ އެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ގެނައި ބޮޑެތި ޕަމްޕުތައް ހަވާލުކުރީ އެމްއެމްޑީއެފްއާ އެވެ. އެތަނެތި ހިންގައި ބަލަހައްޓަނީ އެމްއެންޑީއެފްއިންނެވެ.

މިއަދުގެ މޫސުން

  • ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކުރޭ
  • އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލަށް ވައިޖެހޭނެ. ވިލާގަނޑުގައި 40 މޭލަށް ވައި ބާރު ވާނެ.
  • ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، ނަމަވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ

އައިޖީއެމްއެޗް ހުންނަ ކަނބާއައިޝާރަނި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު


މިއަދު ހެނދުނު ވެހެމުންދިޔަ ވާރޭތެރޭގައި އާމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލަށް ދަރިވަރުން ގޮވައިގެން ބެލެނިވެރިން ދަނީ. -- ފޮޓޯ: އަދަދު