Advertisement

މުސާރައިގެ މައްސަލައިގައި ކޯޓުތަކުގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި

24 ނޮވެންބަރު 2025 - 12:18 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުސާރައިގެ މައްސަލައިގައި ކޯޓުތަކުގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި

24 ނޮވެންބަރު 2025 - 12:18 2

މުސާރަ ކުޑަވުމުގެ މައްސަލައިގައި އިހުތިޖާޖުކުރުމުގެ ގޮތުން ކޯޓުތަކުގެ މުވައްޒަފުން މިއަދު ކަޅު ހެދުން ލައިގެން ވަޒީފާއަށް ނިކުމެއްޖެ އެވެ.

ކަޅު ހެދުން ލައިގެން ވަޒީފާއަށް ނިކުތް މުވައްޒަފުންގެ ތެރޭގައި ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޖުވަނައިލް ކޯޓު އަދި ހައި ކޯޓުގެ މުވައްޒަފުން ހިމެނެ އެވެ.

މީގެއިތުރުން އަތޮޅުތެރެއަށް ނިސްބަތްވާ 23 ކޯޓެއްގެ މުވައްޒަފުން ވެސް މިއަދު ވަޒީފާއަށް ނިކުތީ ކަޅު ހެދުންލައިގެންނެވެ.

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހު 1، އިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.

އޭގެއިތުރުން މި އަހަރު ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމުގެ ޔަގީންކަން މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. އެއީ ކޮންމެ މުއައްސަސާތަކެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންދިޔަ ނަމަވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި ލިބޭ އާމްދަނީން ފަރުނުޖެހޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.