Advertisement

ޑިސެމްބަރުން ފެށިގެން އީޒްއެޕްގެ ޕޭމަންޓްތައް އެމް-ފައިސާއިން ދެއްކޭނެ

23 ނޮވެންބަރު 2025 - 19:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑިސެމްބަރުން ފެށިގެން އީޒްއެޕްގެ ޕޭމަންޓްތައް އެމް-ފައިސާއިން ދެއްކޭނެ

23 ނޮވެންބަރު 2025 - 19:38 0

އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒްއެޕާއެކު ޕާޓްނާޝިޕްވެ، އަންނަ ޑިސެމްބަރު 1، އިން ފެށިގެން އީޒްއެޕްގެ ޕޭމަންޓްތައް އެމް-ފައިސާ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫ އިން ބުނީ އީޒްއެޕާއެކު ހެދި އެއްބަސްވުމުގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް އީޒްއެޕުން ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

އީޒްއެޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫއިން ބުންނެވެ.

އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ.

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ އީޒަޕްއާއެކު ޕާޓްނާޝިޕް ހެދުމުން އެމް-ފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް،" އޭނާ ވިދާޅުވި އެވެ.

އީޒްއެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވީ އެމް-ފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުރީދޫއިން ބުނީ އީޒްއެޕާއެކު ހެދި އެއްބަސްވުމުން ރާއްޖެއަކީ ކޭޝްލެސް މުސްތަޤްބަލަށް ވާސިލުވެ، ޔުނިވާސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.