Advertisement

ޑިފެންސް އެއްބަސްވުމެއްގައި ސޮއިކުރަން ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އެމެރިކާއަށް

17 ނޮވެންބަރު 2025 - 12:06 0


ޑިފެންސް އެއްބަސްވުމެއްގައި ސޮއިކުރަން ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އެމެރިކާއަށް

17 ނޮވެންބަރު 2025 - 12:06 0

ޑިފެންސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު، އަމީރު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުން ވަލީ އަހުދު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާކަން ސައުދީއިން ވަނީ މީގެކުރިން އިއުލާނުކޮށްފަ އެވެ.

އޭގެ ބަދަލުގައި ސައުދީއިން ބޭނުންވަނީ އެމެރިކާއިން އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. އޭގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ކުރިއެރުވުމާއި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ފެށުމަށް ދެ ގައުމުން އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.

މި ދަތުރާއެކު ޖަމާލް ހާޝޮގީ މަރާލުމުގައި ވަލީ އަހުދުގެ އިސް ދައުރެއް އޮތުމުން ހީނަރުވި ދެ ގައުމުގެ ގުޅުންތަކާ ގުޅޭ ވާހަކަތައް ނިމުމަކަށް އަންނާނެ އެވެ.

އަގުހެޔޮ ރޭޓުތަކެއްގައި ސައުދީއިން އެމެރިކާއަށް ތެޔޮ ވިއްކުމަށް ގިނަ ދުވަސްވީ އެއްބަސްވުމެއް އެބައޮތެވެ.

މިދިޔަ މަހުގެ ތެރޭގައި ގަތަރާއެކު އެމެރިކާއިން ވަނީ ޑިފެންސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސައުދީ އާއެކު ވެސް ސޮއިކުރާނީ ހަމަ އެފަދަ އެއްބަސްވުމެކެވެ.