Advertisement

ކޮފީއަކީ ޑިޕްރެޝަނުން ސަލާމަތް ކޮށްދޭ އެއްޗެއްތަ؟

17 ނޮވެންބަރު 2025 - 13:22 0


ކޮފީއަކީ ޑިޕްރެޝަނުން ސަލާމަތް ކޮށްދޭ އެއްޗެއްތަ؟

17 ނޮވެންބަރު 2025 - 13:22 0

ޑިޕްރެޝަން ނުވަތަ ފިކުރު ބޮޑުވުމާއި ހާސްވުމުގެ މައްސަލައަށް ފަރުވާ ކުރުމަށް ތަފާތު އެތައް ބޭހެއް އުފައްދައި ބޭނުންކުރަމުން އާދެއެވެ. ނަމަވެސް އެ ހުރިހާ ބޭހަކީ އެންމެންނަށް އޭގެ ނަތީޖާ ފެންނަ ބޭސްތަކެއް ނޫނެވެ. ބޭހަށް ނުގުޑާ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް އެންމެ އާންމުކޮށް ދޭ، ނަތީޖާ ނެރެވޭ ފަރުވާއަކީ، ކެޓަމީން ނުވަތަ އިލެކްޓްރޯކޮންވަލްސިވް ތެރަޕީއެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ކެޓަމީން ނުވަތަ އިލެކްޓްރޯކޮންވަލްސިވް ތެރަޕީ ދިނުމުން ޑިޕްރެޝަންގެ މައްސަލައަށް ލުޔެއް ލިބެނީ، ސިކުނޑި ތެރޭގައި އަޑެނަސިން (adenosine) އުފެއްދުން އެ ތެރަޕީގެ ސަބަބުން ކުއްލިއަކަށް އިތުރުވެގެންދާތީއެވެ.

މިއާ ހިލާފަށް ކޮފީ ބުއިމުން ވާ ގޮތަކީ އަޑެނަސިން ރިސެޕްޓާތަކުގެ މަސައްކަތަށް ހުރަސްއެޅެއެވެ. މިހެންވުމުން، އަޑެނަސިން އުފައްދާ މިންވަރު ދަށްވެދާނެއެވެ. ނަމަވެސް، ގަވާއިދުން ކޮފީ ބޯނަމަ، ޑިޕްރެޝަންގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގެ މުޅި އާބާދީގެ ނިސްބަތުން ބަލާއިރު، ބޮޑެތި މީހުންނޭ މިކިޔާ އުމުރު ފުރާގެ 5.7 ޕަސެންޓް (ގާތްގަނޑަކަށް 332 މިލިއަން) މީހުން ޑިޕްރެޝަންގެ އުނދަގޫ ތަހައްމަލުކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، ޑޕްރެޝަނަށް އާންމުކޮށް ދޭ ބޭސްތަކުން ފަރުވާ ހޯދާ މީހުންނެވެ. ޑިޕްރެޝަންގެ އާންމު ބޭސްތަކަށް ނުގުޑާ ހާލަތުގައި ތިބޭ މީހުންނަށް، އެނޫން ފަރުވާތައް ބޭނުންކުރަންޖެހެއެވެ.

ނޭޗާ ޓްރަސްޓެޑް ސޯސް ކިޔާ ޖާނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޑިޕްރެޝަން ފަރުވާގެ ސަބަބުން އެމީހެއްގެ ސިކުނޑީގައި ޑިޕްރެޝަންއާ ދެކޮޅު ތާސީރު އުފެދިގަންނަނީ އަޑެނަސިންގެ މިންވަރު އާދަޔާ ހިލާފަށް އިތުރުވާން ފެށުމުންނެވެ. އަޑެނަސިން އަކީ ހަށިގަނޑުގައިވާ ދޭދޭ ސެލްތަކުގެ ދެމެދުގައި މައުލޫމާތު ބަދަލުކޮށްދޭ މޮލިކިއުލްއެކެވެ.

އޭގެ އިތުރުން ލޭ ނާރުތައް ފުޅާކޮށްދިނުމާއި، ޖަޒުބާތީ އިހްސާސްތައް ރަމަތަކުރާ ނާރުތަކުގެ ނިޒާމު މަސައްކަތް އިންތިޒާމުކުރުމާއި ލޭގެ ޕްރެޝަރު ދަށް ކުރުމާއި ހާޓް ރޭޓް ދަށްކުރުމުގެ މަސައްކަތް ކުރަނީ ވެސް އަޑެނަސިން މޮލިކިއުލްތަކެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން، ކެފެއިންއަކީ، އަޑެނޮސިން މޮލިކިއުލްތައް އިތުރުވިޔަނުދީ ޑިޕްރެޝަންގެ އުނދަގޫތަކުން މީހާ ހިމާޔަތްކޮށްދޭ އެއްޗެކެވެ.

މި ދިރާސާގައި ސައެންސްވެރިން، އަޑެނޮސިންއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރީ، ވިރާސީ ބަދަލުތަކެއް ގެނެސްފައިވާ އަޑެނޮސިން މޮލިކިއުލް ސެންސަރުތަކެކެވެ. އެ ގޮތުން ކެޓަމީން ފަރުވާގެ ޑޯޒްއެއް (ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 10 މިލިގްރާމްގެ ނިސްބަތުން) މީދަލުގެ ހަށިގަނޑަށް އިންޖެކްޝަނެއްގެ ޒަރީއާއިން ފޮނުވިއެވެ. އެއަށް ފަހު އެ މީދާތަކުގެ ސިކުނޑީގައި އެޑޮނެސިންގެ މިންވަރަށް އަންނަ ބަދަލުތައް ދެނެގަތެވެ.

ކެޓަމީން އިންޖެކްޝަން ދިނުމާ ގުޅިގެން، ސިކުނޑީގެ ކުރިމަތީބައި (މީޑިއާ ޕްރި-ފްރޮންޓަލް ކޯޓެކްސް) އާއި ސިކުނޑީގެ އެތެރެއިން ތިރީބައި (ހިޕޯކެމްޕަސް)ގައި އެކްސްޓްރާސެލިއުލާ އެޑޮނެސިން (extracellular adenosine) މޮލިކިއުލްތައް އިތުރުވެގެން ދިޔައެވެ. ސިކުނޑީގައި ޑިޕްރެޝަންގެ އުނދަގޫތައް އުފައްދައިދެނީ މައިގަނޑު ގޮތެއްގައި މި ދެ ބައިގައެވެ.