16 ނޮވެންބަރު 2025 - 15:50 0
ލީވާން އަލީ ނާސިރު
16 ނޮވެންބަރު 2025 - 15:50 0
މި މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން "ދޮން ހިޔަލަ" އާ ވާހަކަ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އުރީދޫގެ މި އަހަރުގެ ކަލަންޑަރު ބިނާ ކޮށްފައިވަނީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަހުސިއްޔަތުތަކަށެވެ. އެގޮތުން އޭއި މެދުވެރިކޮށް އެ ޝަހުސިއްޔަތުތަކާ ވާހަކަ ދެއްކެނެ މަގު އުރީދޫއިން ވަނީ ފަހިކޮށްދީފަ އެވެ.
އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔާލަ އޭނާގެ މައިންބަފައިން ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. އެކަމަކު ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލީ ފުޅު އޭނާ ދެކެ ވަރަށް ލޯބިވެ އެވެ.
ހުރިހާ ގޮންޖެހުމަކާ އެކު އެ ދެ މީހުން ކައިވެނި ކުރެ އެވެ. އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި ރަސްގެފާނު ހަސަދަވެރިވި އެވެ. ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވި އެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާސް އުރީދޫގެ މި އަހަރުގެ ކަލަންޑަރުގައި ހިމެނެއެވެ.
މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.
އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު އެ އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ އެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ އެވެ.
Comment