Advertisement

ސެކްޓާ ލީގުގެ ފައިނަލުގައި ހޯކްސް އާއި އެރީނާ ހޮޓެލްސްގެ ކުރިމަތިލުމެއް

16 ނޮވެންބަރު 2025 - 07:59 0

ހޯކްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ސެކްޓާ ލީގުގެ ފައިނަލުގައި ހޯކްސް އާއި އެރީނާ ހޮޓެލްސްގެ ކުރިމަތިލުމެއް

16 ނޮވެންބަރު 2025 - 07:59 0

ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގެ ފައިނަލުން ހޯކްސް އާއި އެރީނާ ހޮޓެލްސް ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ވެސް ފައިނަލާ ހަމައަށް ދަތުކުރީ މެޗަކުން ބަލިނުވެ އެވެ. އެ ގޮތުން، ސެމީ ފައިނަލުގައި ރޭ ހޯކްސް އިން ވަނީ އެމްއައިބީއެސްއޭ (މޯލްޑިވްސް އިސްލާމިކް ބޭންކް) އަތުން 4-1 އިން މޮޅުވެފަ އެވެ. ސެމީ ފައިނަލްގެ އަނެއް މެޗުގައި، ކްލަބް އާރްސީސީ އާއި އެރީނާ 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި އެރީނާ މޮޅުވީ 6-4 އިންނެވެ.

ހޯކްސް އަށް ރޭގެ ސެމީ ފައިނަލުގައި ލަނޑުތައް ޖަހައިިދިނީ، ކިރްގިސްތާންގެ ކެނެޝްބެކޯވް ޒަނަރްބެކް އާއި މުހައްމަދު ނާއިމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެެ. އަދި، އެމްއައިބީގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު ނާއިޝް އިބްރާހިމް އެވެ. އެމްއައިބީ ސެމީ އަށް އައީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު އެސްބީއައި ބަލިކޮށްފަ އެވެ. އެކަމަކު، ހޯކްސް ކައިރީގައި އެ ވަރުގެ ހިތްވަރެއް ނުދެއްކި މެޗުން ބަލިވީ އެވެ.

އެރީނާ އާއި އާރްސީސީ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ


އެރީނާގެ އަހުމަދު ޝަމާލް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އާރްސީސީން ނަތީޖާ އަނބުރާލީ މުހައްމަދު ފައިޒާން ފަޒީން އާއި ހުސެއިން ޝުހާދު ސުހާން ޖެހި ގޯލުތަކުންނެވެ. އެރީނާ އިން އެއްވަރުކުރީ، އަހުމަދު ހާފިޒް ޖެހި ގޯލުންނެވެ. ޕެނަލްޓީގައި، އެރީނާ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، އާރްސީސީ އަށް ވައްދާލެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ.

އެރީނާގެ ހާފިޒް އަތުން ޕެނަލްޓީ ބޭކާރުވިއިރު، އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ ޝަމާލް، ނައުޝް، ހަސަން ލައުހު އަދި ހަސަން ރިފާން އެވެ. އާރްސީސީގެ ޕެނަލްޓީތައް ބޭކާރުވީ ހޫދު އަހުމަދު ފަތުހީ އާއި އިސްމާއިލް މިމްރާހު މުއީން އަތުންނެވެ. އެ ޓީމުގެ ފައިޒާން އާއި މިޖުދާފު އަބްދުލް މަޖީދު ވަނީ ޕެނަލްޓީތައް ވައްދާލައިފަ އެވެ.

ސެކްޓާ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ.