Advertisement

ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ވަނަވަނައަށްދިޔަ ފަރާތްތަކާ އިނާމު ހަވާލުކޮށްފި

15 ނޮވެންބަރު 2025 - 21:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގު ރޯޑް ރޭސްގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ: ދިރާގު


ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ވަނަވަނައަށްދިޔަ ފަރާތްތަކާ އިނާމު ހަވާލުކޮށްފި

15 ނޮވެންބަރު 2025 - 21:04 0

މިދިޔަ މަހުގެ 24، ގައި ހުޅުމާލޭގައި ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ވަނަވަނައަށްދިޔަ ފަރާތްތަކާ އިނާމުތައް ހަވާލުކޮށްފި އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި ޖުމްލަ 256،000ރ. ގެ އިނާމު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި 21.1K ކެޓަގަރީގެ އެއްވަނައަށް ދިން 25،000ރ. އާއި ދެވަނަ އަށް ދިޔަ 15،000ރ. އަދި ތިންވަނައަށް ދިން 10،000ރ. ހިމެނެ އެވެ.

10K އާއި 5K އޯޕަން ކެޓަގަރީގެ އިތުރުން 5K ގެ ކޯޕަރޭޓް ކެޓަގަރީގެ ޗެމްޕިއަނުންނަށް 10،000ރ. ދިންއިރު، ދެވަނައަށް ދިނީ 8،000ރ. އެވެ. އަދި އެ ކެޓަގަރީތަކުން ތިންވަނައަށް ދިނީ 6،000ރ. އެވެ.

މީގެއިތުރުން 5K ގެ ސްކޫލް ކެޓަގަރީގެ ޗެމްޕިއަނުންނަށް 5،000ރ. ގިފްޓް ވައުޗާ ދިންއިރު، ދެވަނައަށް ދިނީ 3،000ރ. ގެ ގިފްޓް ވައުޗަރެވެ. އަދި ތިންވަނައަށް ދިނީ 1،000ރ. ގެ ގިފްޓް ވައުޗަރެވެ.

އިނާމު ދިނުމަށް ދިރާގު ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑްރޭސްއަކީ ދުވުމަށްވުރެ ބޮޑަށް އުފާވެރި ހަރަކާތެއް ކަމަށާއި އެ ހަރަކާތުން ވަރަށް ގިނަ ކަންކަމަށް އެޑްރެސްކުރާ ކަމަށެވެ.

ދިރާގުން ވަނީ މި އަހަރުގެ ރޯޑް ރޭސްގައި 13 ޖަމިއްޔާއަކަށް 678،800ރ. ހަދިޔާކޮށްފަ އެވެ. އޭގެއިތުރުން އެންޖީއޯތަކުން ނޮމިނޭޓުކުރި ފަސް ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

ރޯޑްރޭސްގައި 4،500 އަށްވުރެ ދުވުންތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި 44 ގައުމެއްގެ ދުވުންތެރިން ހިމެނެ އެވެ. އޭގެއިތުރުން 28 ސްކޫލަކާއި 128 ކުންފުންޏަކުން ވެސް ދުވުމުގައި ބައިވެރިވި އެވެ.

އަންނަ އަހަރުގެ ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 30، ގައި ކަން ދިރާގުން ވަނީ އިއުލާންކޮށްފަ އެވެ.