Advertisement

ޔޫއޭއީ އާއި ސައުދީއަށް ހިލޭ ގުޅޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފި

about 2 hours 0


ޔޫއޭއީ އާއި ސައުދީއަށް ހިލޭ ގުޅޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފި

about 2 hours 0

ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިފި އެވެ.

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ކޮންމެ ކަސްޓަމަރަކަށްވެސް ލިބިގެންދާނެ އެވެ. މި ހިލޭ މިނިޓުތައް ހޯދުމަށް *225# އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި އޮފާ އެކްޓިވޭޓް ކުރުމުގެ ފުރުސަތު މާޗު 2، 2026 ގެ ނިޔަލަށް އޮންނާނެއެވެ. އަދި އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް މި މިނިޓުތައް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދަތިވާ ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ގާތް މީހުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

މި ހިދުމަތުގެ ސަބަބުން މެދުއިރުމަތީގައި ތިބި ދިވެހިންނާއި، އެ ސަރަހައްދުގައި އާއިލާ ތިބި ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދިރާގުން އުންމީދު ކުރެއެވެ.