12 ނޮވެންބަރު 2025 - 12:53 0
ލީވާން އަލީ ނާސިރު
12 ނޮވެންބަރު 2025 - 12:53 0
އަންނަ މަހު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންއަށް ރަޖިސްޓްރީ ކޮށްގެން "ދަ ކޮފީބީން އެންޑް ތި-ލީފް" އިން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވަލައިފި އެވެ.
އުރިދޫ އިން ބުނީ ފަން ރަންގެ 250 ޓިކެޓު ފަންކިޓު ތެރޭގައި އިނާމުތައް ފޮރުވާފައިވާނެ ކަމަށެވެ. އެގޮތުން ފަން ރަންގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތްތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ހައްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންނެވެ.
ފަން ކިޓް: 210ރ. އަށް ލިބޭ މި ކިޓުގައި ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.
ސްޓޭންޑާޑް ކިޓް: 110. އަސް ލިބެ މި ކިޓުގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.
އަންނަ މަހުގެ 19، ގައި އޮންނަ ފަން ރަންއަށް ރަޖިސްޓްރިކުރުމުގެ ފުރުސަތު ނޮވެމްބަރު 14، ވާ ބުދަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ފަސް ކިލޯ މީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވުމަށް މަޖާ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.
މިދިޔަ އަހަރު އުރީދޫ އިން ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެއީ އުރީދޫއިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތްކަން ފާހަގަކޮށްލެވެ އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
Comment