Advertisement

ފުވައްމުލަކަށް މިއަދު ހަވީރު ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިން ބުނެފި

12 ނޮވެންބަރު 2025 - 09:54 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކު ފެން ޕްލާންޓު: ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ދަނީ މަސައްކަތްކުރަމުން -- ފޮޓޯ: އަބްދުﷲ ޖަމީލް


ފުވައްމުލަކަށް މިއަދު ހަވީރު ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިން ބުނެފި

12 ނޮވެންބަރު 2025 - 09:54 1

ފުވައްމުލައް ސިޓީގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މިއަދު ހަވީރު ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހު އަދަދު އަށް ވިދާޅުވީ ފުވައްމުލަކަށް ފެނުގެ ހިދުމަތް މިއަދު ހަވީރު ދިނުމަށް މަސައްކަތް ކުރަނީ ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްފަހު ކަމަށެވެ.

"މިއަދު ހަވީރަށް މި ބަލަނީ ފެން ދޫކުރަން. ދާއިމި ހައްލެއް ގެންނަން މަސައްކަތް ކުރަނީ. ޕްލާންޓް ރިޕެއާކުރުން އަދި ޕައިޕްލައިން ރިޕެއާކުރުން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ނަޖާހު ވިދާޅުވީ ފުވައްމުލަކުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ބޭނުން ނުކޮށް ހުރި ފެން ޕްލާންޓެއް މަރަމާތު ކުރުމަށްފަހު ހިދުމަތަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ސިޓީއަށް މިވަގުތު އައު ޕްލާންޓެއް ގެނައުމުގެ ބެނުމެއް ނެތް ކަމަށާއި ދިމާވެގެން އުޅޭ މައްސަލައަކީ ގެތަކަށް ކްރޮސް ކަނެކްޝަންސްތަކެއް ހަދާފައި ހުރުން ކަމަށް އެނާ ވިދާޅުވި އެވެ.

ފުވައްމުލަކަށް ހައެއްކަ ގަޑިއިރު ތެރޭގައި ފެނުގެ ހިދުމަތް ލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އިއްޔެ މެންދުރު 2:51 ގައި ވިދާޅުވި އެވެ. ނަމަވެސް އެ ވަގުތު ފަހަނައަޅައި ދިޔައިރު ވެސް އެ ސިޓީއަށް ފެނުގެ ހިދުމަތް ދެވިފައެއް ނުވެ އެވެ.

ފުވައްމުލަކުގެ ފެނުގެ ކާރިސާ ހަމައަކަށް އެޅުވުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފެއިލްވީ ކީއްވެގެން ކަމެއް ހީނާ ހާމައެއް ނުކުރެ އެވެ.

ގާތްގަނޑަކަށް 10،000 މީހުން ދިރިއުލެމުންދާ ފުވައްމުލަކުގައި މިވަގުތު 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިބި ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

ފެނުގެ މައްސަލައިގައި އިއްޔެ ފުވައްމުލަކުގައި މުޒާހަރާކޮށް ފެނަކައިގެ އެމްޑީ ނަޖާހު އާއި މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފަ އެވެ.

ފުވައްމުލައް ބޯނެ ފެނަށް ޖެހިފައިވުމުން، އެކަން ހައްލުކުރަން ކަނޑުގެ މަގުންނާއި ވައިގެ މަގުން ފެން ކޭސްތަކެއް އެ ސިޓީއަށް ފޮނުވި އެވެ.