11 ނޮވެންބަރު 2025 - 12:37 0
ސާއިފް ޝިޔާދު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް މުހައްމަދު މުއިއްޒު: ފައިސާ ޗާކު ނުކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއް -- ފޮޓޯ: ރައީސް އޮފީސް
11 ނޮވެންބަރު 2025 - 12:37 0
ސަރުކާރުގެ ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރަން ފަށާފައިވާ މަސައްކަތްތަކުގެ މަރުހަލާތައް ފުރިހަމަ ކުރުމުގެ ގޮތުން މީގެ ކުރިން ވިއްކާފައި ހުރި 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބޮންޑުތަކެއް ސްޓޮކް އެކްސްޗޭންޖުގައި އިއްޔެ ލިސްޓުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވިއްކި މި ބޮންޑުތަކުގެ ހޯލްޑަރަކީ ޕެންޝަން އޮފީހެވެ. އޭގެ ތެރޭގައި ފަސް އަހަރާއި 10 އަހަރު ދުވަހުގެ ތެރޭގައި މެޗުއާވާ ބޮންޑުތައް ހިމެނެ އެވެ. އޭގެ ޖުމުލަ އަގު 2.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެންމެ ކުޑަ އަގެއްގައި ލިސްޓުކުރި ބޮންޑުގެ އަގަކީ ވެސް 250 މިލިއަން ރުފިޔާ އެވެ. އެއީ 2019 ވަނަ އަހަރު ޕެންޝަން އޮފީހުން ގަތް ޓްރެޝަރީ ބޮންޑެކެވެ. އެ ބޮންޑުގެ މެޗޫރިޓީ ތާރީހަކީ ނޮވެމްބަރު 25، 2019 އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރި ހަ ބޮންޑު ވެސް ޕެންޝަން އޮފީސް އަތުން ގަންނާނީ ވެސް އެމްއެމްއޭ އިންނެވެ.
ސަރުކާރުން އަންނަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ފަހަރު ފައިސާ އުފައްދަނީ ޕެންޝަން އޮފީހުން ގަނެފައި ހުރި ބޮންޑުތަކެއް އެމްއެމްއޭއިން ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން އަނެއްކާ ވެސް ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކޮށްގެންނެވެ.
އެ ފައިސާ ޕެންޝަން އޮފީހަށް ލިބުމުން އަލުން ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމުން ފައިސާގެ ސަޕްލައި އިތުރުވާނެ އެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނީ ފައިސާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment