Advertisement

ދިރާގުގެ ތިންވަނަ ޑޭޓާ ސެންޓަރު ވެލިދޫގައި ހުޅުވައިފި

11 ނޮވެންބަރު 2025 - 09:27 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުގެ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި ހުޅުވުން -- ފޮޓޯ: ދިރާގު


ދިރާގުގެ ތިންވަނަ ޑޭޓާ ސެންޓަރު ވެލިދޫގައި ހުޅުވައިފި

11 ނޮވެންބަރު 2025 - 09:27 1

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ދިރާގުގެ ތިންވަނަ ޑޭޓާ ސެންޓަރު، ނ. ވެލިދޫގައި އިއްޔެ ހުޅުވައިފި އެވެ.

ވެލިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޑޭޓާ ސެންޓަރު ހުޅުވައިދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އާއި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން އެވެ.

މި ޓިއާ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޑޭޓާ ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓާ ރައްކާތެރިކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.

މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފަ އެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.

ދިރާގުން ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.