Advertisement

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލު ކޮށްދިނުމަށް އާތިފް ގޮވާލައްވައިފި

31 އޮކްޓޯބަރު 2025 - 19:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުޅުދުއްފުށީގައި އޮތް ޖަލްސާއެއްގައި އާތިފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލު ކޮށްދިނުމަށް އާތިފް ގޮވާލައްވައިފި

31 އޮކްޓޯބަރު 2025 - 19:05 0

ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ އާއިލާތަށް ޑޮލަރު ފޮނުވުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް ގޮވާލައްވައިފި އެވެ.

ސޯޝަލްމީޑިއާގައި އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޓީގެ ހޮސްޕިޓަލް އާއި ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ޓީމެއް ހުސްވި ހަފުތާގައި އޭނާއާ ބައްދަލުކޮށް ޑޮލަރުގެ ތާށިކަމާ ގުޅިގެން ކަންބޮޑުވުންތަކެއް ހިއްސާކުރި ކަމަށެވެ.

އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެމީހުންގެ އާއިލާތަކަށް ޑޮލަރު ފޮނުވޭ ލިމިޓު 500 އިން 400 އަށް ތިރި ކުރުމަށްފަހު މިހާރު އެ ލިމިޓު 150 އަށް ކުޑަކޮށްފައިވާކަމުގެ ކަންބޮޑުވުން އެ މުވައްޒަފުން ފާހަގަކުރި ކަމަށް އާތިފް ވިދާޅުވި އެވެ.

"މި ދާއިރާތަކުގެ ހިދުމަތަށްް އެއްވެސް ބުރޫއެއް އެރުމަކީ މިއަދު އަޅުގަނޑުމެންނަށް ބަރުދާސްތުކުރެވެން އޮތްކަމެއްނޫން، އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރަށާއި ގުޅުންހުރި މުވައްސަސާތަކަށް ގޮވާލަން،" އާތިފް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން ބޭރަށް ޑޮލަރު ފޮނުވޭ ލިމިޓު ކުޑަކުރަން މަޖުބޫރުވެފައި ވަނީ މި ސަރުކާރުގެ ދޯހަޅި މާލީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީންނަށް ދަތިތަކެއް ކުރިމަތިވުމަކީ ހުރިހާ އެންމެން ވެސް އެކަމާ ކަންބޮޑު ވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި އާތިފް ވިދާޅުވީ ބިދޭސީން ނުލައި އެ ދެ ދާއިރާގައި ހިދުމަތް ކުރާ ވަރަށް ދިވެހީން ބިނާކުރެވިފައި ނެތުމެވެ. އެހެންކަމުން އެ ދެ ދާއިރާގެ ހިދުމަތްތައް ދެމުން ދަނީ ވަރަށް ބޮޑަށް ބިދޭސީންނަށް ބަރޯސާވެގެންކަން އެނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

އާތިފް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް އެދި ރަސްމީކޮށް ވެސް އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

ޑޮލަރުގެ ދަތިކަމާއެކު އެސްބީއައި އިން މިހާރު ނިންމާފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށެވެ. މި ބަދަލުތަކަށް އަމަލުކުރަން ފެށީ މި މަހުގެ 25، އިން ފެށިގެންނެވެ.

އެސްބީއައިގެ މި ނިންމުމާއެކު ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މިކަމަށް ހައްލެއް ގެނައުމަށް ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭހެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.