Advertisement

ދިގުރަށުގައި ހިނގި އަލިފާން ހާދިސާގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

about 1 hour 0


ދިގުރަށުގައި ހިނގި އަލިފާން ހާދިސާގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

about 1 hour 0

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ރޭ ދަންވަރު 02:00 ހާއިރު އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ގޮތުގައި އަލިފާން ރޯވީ ގޭސް ލީކެއްގެ ސަބަބުންނެވެ.

އެ އަލިފާންގަނޑު ރޯވެފައި ހުއްޓާފައި ނަގާފައިވާ ވީޑިއޯއެއް އަދަދު އަށް ލިބިފައިވާއިރު އެ އެކޮމޮޑޭޝަން ބްލޮކުގައި ހުރި ގޭސް ސިލިންޑަރުތަކެއް ގޮވާ މަންޒަރާއި އަޑު ވީޑިއޯއަށް އަރާފައިވެ އެވެ.

"މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ މި ކޮމިޝަނުން ގާތުން ބަލަމުންދާކަމުގައި ދަންނަވަން،" އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ދޭ މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.