Advertisement

ފަގީރުންނަށް ހާއްސަ ބެނެފިޝަރީ ކާޑެއް ތައާރަފު ކުރަނީ

30 އޮކްޓޯބަރު 2025 - 12:58 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ޒަކާތް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތެއްގެ ފޮޓޯއެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ފަގީރުންނަށް ހާއްސަ ބެނެފިޝަރީ ކާޑެއް ތައާރަފު ކުރަނީ

30 އޮކްޓޯބަރު 2025 - 12:58 0

ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ހާއްސަކޮށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފަދަ ކަންކަމަށް އެހީ ހޯދޭނެ ކާޑެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.

ޒަކާތު ހައުސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުންނަށް ހާއްސަކޮށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޒަކާތު ބެނެފިޝަރީ ކާޑެއް ކަމަށެވެ.

އެ ކާޑު ތައާރަފު ކުރުމުން، އާސަންދައިން ކަވަރުނުކުރާ ސިއްހީ ހިދުމަތްތައް ޒަކާތު ފަންޑުން ކަށަވަރު ކޮށްދޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި ރޯދަމަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް އެ ކާޑު މެދުވެރިކޮށް ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭނެ ކަމަށް ޒަކާތު ހައުސްގެ ބަޔާނުގައި ބުންޏެވެ.

އެފަދަ ކާޑު ތައާރަފުކުރުން ފަދަ ކަންކަމަކީ އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ބަޔަކަށް ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފުލެޓުތަކެއްގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކަން ވެސް ޒަކާތު ހައުސްއިން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް 14 މީހެއްގެ ޑައުން ޕޭމަންޓަށްވާ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭނެ އެވެ.

މި އަހަރު ފިތުރު ޒަކާތް ބެހިއިރު، ފަގީރުންގެ ލިސްޓުގައި ތިބީ 2،765 މީހުންނެވެ. އެ އަދަދު ފަހުން ބަދަލުވި ކަމެއް ސާފެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ ޑިސެމްބަރު 18، 2023، ގަ އެވެ. ޒަކާތު ހައުސް އިފްތިތާހު ކޮށްފައި ވަނީ ޖެނުއަރީ 2، 2024، ގަ އެވެ.