Advertisement

ޔުވެންޓަސްގެ ވަޒީފާގެ ސުވާލުތަކަށް ސްޕަލެއްޓީގެ ފިނި ޖަވާބެއް

29 އޮކްޓޯބަރު 2025 - 04:35 0


ޔުވެންޓަސްގެ ވަޒީފާގެ ސުވާލުތަކަށް ސްޕަލެއްޓީގެ ފިނި ޖަވާބެއް

29 އޮކްޓޯބަރު 2025 - 04:35 0

ރޯމް، އިޓަލީ (އޮކްޓޫބަރު 29) - ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗުގެ ވަޒީފާއާ ހަވާލުވުމާ މެދު، އިޓަލީ ގައުމީ ޓީމުން ދާދި ފަހުން ވަކިކުރި ލޫޝިއާނޯ ސްޕަލެއްޓީގެ ވިސްނުން ހުރި ގޮތާ މެދު ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފި އެވެ.

އެންމެ ފަހުން ޔުވެންޓަސްއާ ހަވާލުވި ދެ ކޯޗުންނަށް ވެސް މަގާމުގައި އަަހަރެއް ވެސް ހޭދަނުކުރެވުނެވެ. އެ ގޮތުން، ތިއާގޯ މޮޓާ މަގާމުން ވަކިކުރީ ނުވަ މަސް ތެރޭގަ އެވެ. އަދި، މޮޓާ އަށް ފަހު ޔުވެންޓަސްއާ ހަވާލުވި އީގޯ ޓޫޑޯ އަށް ވަޒީފާ ގެއްލުނީ ހަތް މަސް ތެރޭގަ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާނެ ކޯޗެއްގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އަންނައިރު، އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ، ރޮބާޓޯ މަންޗިނީ އާއި ސްޕަލެއްޓީއާ ބެހޭގޮތުންނެވެ.

ސްޕަލެއްޓީ ބުނީ ޔުވެންޓަސްއާ ގުޅޭގޮތުން ދައްކަން އޮތީ އެންމެ ފަހުން ހަވާލުވެ ހުރި ކޯޗު ޓޫޑޯއާ މެދު ހަމްދަރުދީވުމުގެ ގޮތުން ކަމަށެވެ. އަދި، ޔުވެންޓަސް އަށް ދެން އަންނަ ކޮންމެ ކޯޗަކަށް ވެސް ފާހަަގަކުރެވޭނެ ކަމަކީ، ހަވާލުވާން ޖެހެނީ، ވަރަށް ރަނގަޅަށް ކޯޗުކޮށްދީ އެކުލަވާލެވިފައިވާ ޓީމެއް ކަމުގައި ކަމަށް ސްޕަލެއްޓީ ވަނީ ބުނެފަ އެވެ.

"އަހަރެން މި ހުރީ ރަނގަޅަށް، ފުރަތަމަ މި އުޅެނީ ދާދި ފަހުން އަހަރެންނަށް ދިމާވި ހާލަތާ މެދު ވިސްނައި، ކަންކަން ރަނގަޅުު ކުރެވޭތޯ،" ސްޕަލެއްޓީ ބުންޏެވެ.

މި އަހަރުގެ ޖޫން މަހު އިޓަލީ ގައުމީ ޓީމުން ވަކިކުރި ސްޕަލެއްޓީ އަށް ގިނަ ކްލަބްތަކެއްގެ އޮފާ އަންނަނީ ލިބެމުންނެވެ. ސްޕަލެއްޓީ ވަނީ ދެ ފަހަރެއްގެ މަތިން ރޯމާ އަށް ކޯޗުކޮށްދިނުމުގެ އިތުރުން އިންޓަ މިލާނާއި ނަޕޯލީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.