26 އޮކްޓޯބަރު 2025 - 22:26 2
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން: މާދަމާ ދިއްދޫއަށް ވަޑައިގަންނަވާ -- ފޮޓޯ: އަދަދު
26 އޮކްޓޯބަރު 2025 - 22:26 2
ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައިސް އަބްދުﷲ ޔާމީން މާދަމާ އެ އަތޮޅު ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.
މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި އަޅަން ވައުދުވި އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު ހުޅުވުމަށް ކަމަށެވެ.
ނަމަވެސް ސަރުކާރުން މިހާތަނަށް އެއާޕޯޓު އަޅަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަކަށް ނުގެންދެ އެވެ.
ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އެ އެވޯޑު ހަފްލާ 2023 ގައި ބޭއްވިއިރު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
Comment