ޖޭއެސްސީގެ ރައީސްކަމުން އިސްތިއުފާދެއްވި ރިޒާ، ރައީސް މުއިއްޒު އާއި ސަލާމްކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް
ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ މެންބަރު ކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމާ، ރިޒާ މިހާރު ވަނީ އިސްތިއުފާގެ ސިޓީ ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ޖޭއެސްސީގެ ރައީސް ވެސް އަކަށް ހުންނެވީ ރިޒާ އެވެ. އެހެންވެ، ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމުގެ މަގާމު ވެސް ހުސްވާނެ އެވެ. ރިޒާ ޖޭއެސްއީއަށް އައްޔަން ކުރީ އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ގޮނޑިއަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ ރިޒާގެ ރިޔާސަތުގަ އެވެ. އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ ސިޔާސީ ޕާޓީގެ މެންބަރަކު ކަމުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.
Comment