Advertisement

މިރޭ ކުޅޭ ކްލަބް މޯލްޑިވްސްގެ ފައިނަލް އައިސް ޓީވީން ދައްކާނެ

25 އޮކްޓޯބަރު 2025 - 15:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު


މިރޭ ކުޅޭ ކްލަބް މޯލްޑިވްސްގެ ފައިނަލް އައިސް ޓީވީން ދައްކާނެ

25 އޮކްޓޯބަރު 2025 - 15:06 1

މިރޭ ކުޅޭ ރާއްޖޭގައި ކުޅޭ ފުޓްސަލްގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސްގެ ފައިނަލް މެޗު އައިސް ޓީވީން ވަގުތުން ބެލޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އަދި ފައިނަލް މެޗު ފެށޭނީ މިރޭ 21:00 ގަ އެވެ. އެ މެޗުގައި ވާދަކުރަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ.

މި ފަހަރުގެ މުބާރާތުގައި އާރްއާރްސީން ވަނީ އެންމެ ފުރަތަމަ ކުޅުނު މެޗުން 1-0 އިން އެސްޓީއޯ ބަލިކޮށްފަ އެވެ.

އާރްއާރްސީން ފުރިހަމަ ރެކޯޑަކާ އެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފައިނަލަށްދިޔައިރު، ސެމީ ފައިނަލުގައި ވަނީ 9-3 އިން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފަ އެވެ. އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕްގެ ފަައިނަލުގައި މި ކުޅެނީ ޖެހިޖެހިގެން ތިން ވަނަ އަހަރު އެވެ.

ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެމްޕީއެލް އަތުން 2-0 އިން މޮޅުވެ، ހަތަރު ފަހަރު ތަށި ހޯދާފައިވާ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ އިން މުބާރާތުގެ ފައިނަލުގައި މި ކުޅެނީ، 10 އަހަރަށް ފަހު އެވެ.

އެ ޓީމު އެންމެ ފަހުން ފައިނަލެއްގައި ކުޅުނީ 2016 ވަނަ އަހަރު އެވެ.