21 އޮކްޓޯބަރު 2025 - 14:42 0
ލީވާން އަލީ ނާސިރު
ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ސްޕީޑް ބޯޓު -- ފޮޓޯ: ދިރާގު
21 އޮކްޓޯބަރު 2025 - 14:42 0
ދިރާގު "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ދަށުން ދޭ ދެ ސްޕީޑް ބޯޓް ހޯދުމުގެ ފުރުސަތު ދެގުނަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ ނޮވެމްބަރު 30، ގެ ކުރިން ޕްރޮމޯޝަނަށް އެންރޯލްކުރާ ކަސްޓަމަރުންނަށް ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަނަށް އެންރޯލްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ އަހަރުގެ މާޗު 31، ގެ ނިޔަލަށެވެ.
ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕީޑް ބޯޓެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު ދެގުނައަށް އިތުރުވަނީ ދިރާގުޕޭއަށް ރަޖިސްޓްރީ ކުރުމުންނެވެ.
ދިރާގު ޕްރިޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ އިތުރަށް ރިލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވެނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑް ބޯޓެކެވެ. ސްޕީޑް ބޯޓު ދިނުމަށް ހަމަޖެހިފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ ވެސް އެކުގަ އެވެ.
ދިރާގުން ދަނީ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
Comment