Advertisement

ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ބެލޭ އައިލްސް ވެބްސައިޓު ޑައުންކޮށްލިތާ ނަވާރަ މަސް، އަދިވެސް ނުވަދެވޭ!

16 އޮކްޓޯބަރު 2025 - 10:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި އަހަރުގެ ބަޖެޓާ ގުޅުންހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށްބުނެ އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ މާޗު 18، 2024 ގައި -- ފޮޓޯ: ސްނެޕްޝޮޓް


ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ބެލޭ އައިލްސް ވެބްސައިޓު ޑައުންކޮށްލިތާ ނަވާރަ މަސް، އަދިވެސް ނުވަދެވޭ!

16 އޮކްޓޯބަރު 2025 - 10:25 0

އަޕްޑޭޓު ކުރަން ކަމަށް ބުނެ ސަރުކާރުގެ މަޝްރޫއުތަކުގެ އަދާހަމަ ގެނެސްދޭ އައިލްސް ވެބްސައިޓު ޑައުންކޮށްލިތާ އެއް އަހަރާއި ހަތް މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ ވެބްސައިޓު އަދިވެސް ބޭނުން ކުރަން ނުފަށަ އެވެ.

މި އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެ އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ މާޗު 18، 2024 ގަ އެވެ. ނަމަވެސް އެ ވެބްސައިޓަށް ވަނުމުން އަދިވެސް ފެންނަން އޮތީ "މި ވެބްސައިޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ" ކަމަށެވެ.

މީގެ ކުރިން އެ ވެބްސައިޓަށް ވަނުމުން ފެންނަން އޮންނަނީ "2025 ވަނަ އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް މި ވެބްސައިޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ" ކަމަށެވެ.

އައިލްސް ވެބްސައިޓަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ކޮންމެ އަތޮޅެއް އަދި ރަށެއްގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ބަލައިލެވެ އެވެ. އެ ޕްރޮޖެކްޓުތައް އޮތް ހިސާބު ވެސް އެ ވެބްސައިޓުން ފެނެ އެވެ.

އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ ކުރީ ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުން ދަނިކޮށެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ ބެލޭނެ ގޮތަށް ވެބްސައިޓު ތައްޔާރު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުން ހިންގި "ރަށްވެހި ތަރައްގީ" ޕްރޮޖެކްޓުގެ ދަށުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ ވެބްސައިޓު ހިންގި އެވެ.