Advertisement

ހުލާސާކޮށް އިއްޔެ: އައްޑޫގައި އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދޭ

34 minutes 0

އައްޑޫ ސިޓީ، ހިތަދޫ


ހުލާސާކޮށް އިއްޔެ: އައްޑޫގައި އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދޭ

34 minutes 0

އައްޑޫ ތަރައްގީކުރުމަށް މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނެތް ކަމަށާއި އެއްވެސް މަޝްރޫއެއް ވެސް ކުރިއަށް ނުދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ނިޒާރު ވިދާޅުވީ އައްޑޫއަށް ތަރައްގީ ގެނެސްދީނީ އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށްވާއިރު، މުއިއްޒުގެ އެފަދަ ތަރައްގީއެއް ގެނެވޭނެ ސިޔާސަތެއް ނެތް ކަމަށެވެ.

މިގޮތުން ނިމިދިޔަ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި އައްޑޫއަށް ގެނައި ތަރައްގީގެ 10 ޕަސަންޓު މަސައްކަތް ވެސް މުއިއްޒުގެ ވެރިކަމުގައި ބާކީ އޮތް ތިން އަހަރު ތެރޭގައި ވެސް ނުގެނެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެމްޑީޕީގެ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓާހެދި އެ ލިބުނު ތަރައްގީ އާއި ރައީސް އިބޫގެ ފަސް އަހަރު ތެރޭ ކޮވިޑުގެ ގޮންޖެހުމާއި އަދި މާލީ ދަތިކަން ހުރި އިރުވެސް އައްޑޫއަށް ގެނެސްފައި ހުރި ތަރައްގީއަށް ބަލާއިރު އެއާ ގާތް ކުރާ، އޭގެ 10 ޕަސަންޓުގެ މަސައްކަތް ވެސް ރައީސް މުއިއްޒުއަށް ބާކީ މިއޮތް ތިން އަހަރު މަސައްކަތް ކުރިޔަސް ނުގެނެވޭނެ. ނެތޭ ސިޔާސަތެއް،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ އާއި މި ސަރުކާރު ގުޅުވާއިރު މާޔޫސްކަން އިހުސާސް ކުރެވެމުންދާ ކަމަށާއި ބިންގާ އަޅާ އެއްވެސް ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތެއް ވެސް ކުރިއަށް ނުދާނެ ކަމަށެވެ.

"އައްޑޫ އާއި މި ސަރުކާރާ ގުޅުވާއިރު އަޅުގަނޑަށް ހަމަ މާޔޫސްކަން އިހުސާސް ކުރެވެނީ. ނެތް ނެތް ހަމަ އެއްވެސް ކަމެއް. އަޅުގަނޑަށް ގަބޫލުނުކުރެވޭ 21 ކީއްކުރަން 50 ޕްރޮޖެކްޓްގެ ވެސް ބިންގާ އެޅިދާނެ. 50 ޕްރޮޖެކްޓްގެ ވާހަކަވެސް ދެކެވިދާނެ. އެކަމަކު އޭގެއިން އެއްވެސް ކަމެއް އަމަލީ ގޮތުން ނުކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މިދިޔަ މަހު މުއިއްޒު އެންމެ ފަހުން އައްޑޫއަށް ގޮސް ފެށި މަޝްރޫއުތަކުގެ މަސައްކަތްތައް އެނބުރި މާލެ ވަޑައިގަތުމާއެކު ހުއްޓިފައިވާ ކަމަށެވެ.

މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގައި ހިތަދޫގައި 100 އަދި މަރަދޫ އާއި ފޭދޫގައި 50 ހައުސިން ޔުނިޓް އަޅަން، މަރަދޫ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމާއި ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ އިތުރުން ޓޫރިޒަމް ބޮޑު މަޝްރޫއެއް ހިންގަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މުހިއްމު ބައެއް ހަަބަރު