Advertisement

ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށް، 30 މަސް ދުވަހުން ނިންމަނީ

13 އޮކްޓޯބަރު 2025 - 22:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް


ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށް، 30 މަސް ދުވަހުން ނިންމަނީ

13 އޮކްޓޯބަރު 2025 - 22:27 0

ށ. ބިލެތްފަހި ފަޅު ތެރޭގައި އެއާޕޯޓު އަޅައި، އެތަން އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށް، 30 މަސް ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު އެވެ.

އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލު ކުރުމަށްފަހު، އެއާޕޯޓަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.

ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެމްއޭސީއެލްއިން އިންވެސްޓުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓުގެ މަޝްރޫއު ނިންމުމަށްފަހު އެ އެއާޕޯޓު އޮޕަރޭޓު ކުރާނީ ވެސް އެ ކުންފުނިން ކަމަށެވެ.

"އެމްއޭސީއެލްއެލް އިން އިންވެސްޓްކޮށްގެން އެމްއޭސީއެލްގެ ޕްރޮޖެކްޓެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މި ހަވާލުކުރީ އެއާޕޯޓު އަޅައި އަދި ފަހުން ނިމުމަށްފަހު އޮޕަރޭޓު ކުރުމާއި ހުރިހާ ކަމެއް ހިމެނޭ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އެއާޕޯޓުގެ މަޝްރޫއު މި ސަރުކާރުން ނިންމާނެ ކަމަށާއި އެގޮތުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

އޭގެއިތުރުން މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބިލެތްފަހީގެ އެއާޕޯޓުގެ މުޅި މަޝްރޫއު އެއްކޮށް ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ބިލެތްފަހި އެއާޕޯޓުގައި 1،500 މީޓަރުގެ ރަންވޭއެއްގެ އިތުރުން އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު މިދިޔަ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ.