Advertisement

ޖެޓް ފިއުލްގެ އަގު އެމްއޭސީއެލްއިން ބޮޑުކޮށްފި؛ ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ބިރު!

about 1 hour 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު


ޖެޓް ފިއުލްގެ އަގު އެމްއޭސީއެލްއިން ބޮޑުކޮށްފި؛ ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ބިރު!

about 1 hour 0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ، މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "އަދަދު" ނޫހަށް ވިދާޅުވީ، ޖެޓް ފިއުލްގެ އަގަށް ގެނައި ބަދަލާއެކު މިހާރު ލީޓަރެއް ވިއްކަނީ 1.69 ޑޮލަރަށް ކަމަށެވެ.

މިއީ ކުރިން ވިއްކި އަގާ އަޅާބަލާއިރު 50 ސެންޓުގެ ބޮޑުވުމެކެވެ. އެހެންވެ، މިއީ 42 ޕަސެންޓުގެ ބޮޑުވުމެވެ.

އެމްއޭސީއެލްއަށް ބޭނުންވާ ޖެޓް ފިއުލް ސަޕްލައިކޮށްދެނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ތެޔޮ އެތެރެކުރަނީ އޮމާންއިން ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާ އާއި ވައިގެ ދަތުރުފަތުގެ ދާއިރާގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި ދަނޑިވަޅުގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ އެއާލައިންތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އަދި އެއާލައިންތަކުގެ އޮޕަރޭޝަނަލް ހަރަދުތައް އިތުރުވެ، ކުރިއަށް އޮތް ތަނުގައި ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލޭނެ ކަމަށް ދާއިރާގެ މާހިރުން ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެ ކަމެއް،"

މެދުއިރުމަތިން ތެޔޮ ގެނައުމަށް ދަތިވެފައިވާތީ އެހެން ބައެއް ގައުމުތަކުން ތެޔޮ އެތެރެކުރުމަށް ވާހަކަ ދައްކަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

ޖެޓް ފިއުލްގެ އަގު ބޮޑުކުރިއިރު އެސްޓީއޯއިން ވިއްކާ ޑިސަލާއި ޕެޓްރޯލްގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.

އިރާން ހަނގުރާމަ ކުރިއަށް ދާނަމަ، ކޮންމެ މަހަކު ދިވެހި ސަރުކާރުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުން ލިބެމުންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.