Advertisement

ދިރާގު ގޭމާސް ގިލްޑާއި މިނީސޯ ގުޅިގެން "ވަން ޕީސް" ކަލެކްޝަންގެ ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު

13 އޮކްޓޯބަރު 2025 - 11:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވަން ޕީސް ކަލެކްޝަންގެ ޕްރޮމޯޝަން ފޮޓޯއެއް


ދިރާގު ގޭމާސް ގިލްޑާއި މިނީސޯ ގުޅިގެން "ވަން ޕީސް" ކަލެކްޝަންގެ ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު

13 އޮކްޓޯބަރު 2025 - 11:48 0

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯއާ ގުޅިގެން "ވަން ޕީސް" ކަލެކްޝަންގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ޑީޖީޖީ އިން ބުނީ ވަން ޕީސްގެ ކަލެކްޝަންގެ ހާއްސަ ގިފްޓް ބޮކްސްއާއެކު 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ވެސް ގުރުއަތުން ހޮވޭ ތިން ނަސީބުވެރިޔަކަށް ލިބޭނެ ކަމަށެވެ.

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އޮކްޓޯބަރު 17، ގެ ނިޔަލަށެވެ.

ވަން ޕީސްގެ ގިފްޓް ބޮކްސްއެއް ޑީޖީޖީގެ ޕްރިމިއަމް ޕާޓްނަރު، މިނީސޯއާ ގުޅިގެން ނަސީބުވެރިޔަކަށް ދޭން ނިންމާފައިވަނީ މިނީސޯއަށް ވަން ޕީސް ކަލެކްޝަން ތައާރަފްކުރުމުގެ މުނާސަބަތުގަ އެވެ.

ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތް:

1. dgg.mv އަދި soneesports.com އަށް ސައިން-އަޕް ކުރުން.

2. ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން.

3.ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާކުރުން.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ޑީޖީޖީން ދަނީ ހޯދައިދެމުންނެވެ.