Advertisement

ފަލަސްތީނުގެ ދިދަ ދައްކާލައި އިޒްރޭލު ބަލިކޮށް ނޯވޭ ވޯލްޑް ކަޕާ ގާތަށް

12 އޮކްޓޯބަރު 2025 - 08:24 0


ފަލަސްތީނުގެ ދިދަ ދައްކާލައި އިޒްރޭލު ބަލިކޮށް ނޯވޭ ވޯލްޑް ކަޕާ ގާތަށް

12 އޮކްޓޯބަރު 2025 - 08:24 0

އޮސްލޯ، ނޯވޭ (އޮކްޓޫބަރު 12) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ފަލަސްތީނުގެ ދިދަ ދައްކާލައި، އެ ގައުމަށް އިހުތިރާމް އަދާކުރުމަށް ފަހު، އިޒްރޭލުގެ މައްޗަށް 5-0 އިން ކުރިހޯދައި، އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ނޯވޭ އިން ބޮޑުކޮށްފި އެވެ.

ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އޮތީ ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާ އެކު ނޯވޭ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި މި ވަގުތު އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު، އިޓަލީ އެވެ. އަދި، ތިން ވަނައިގައި އޮތް އިޒްރޭލަށް ހަ މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ.

އިޒްރޭލާ ދެކޮޅަށް ރޭގެ މެޗަށް ނޯވޭ އިން ނުކުތްއިރު، އެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑުގައި ފަލަސްތީނު ދިދަ ބޭނުންކޮށް އެ ގައުމަށް އޮތް ސަޕޯޓް ދައްކާލައިފަ އެވެ. އިޒްރޭލު ކުޅޭ ގިނަ މެޗުތަކެއްގައި، ފަލަސްތީނުގެ ދިދަ ގެންގުޅޭ ސަޕޯޓަރުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.


ރޭގެ މެޗުގައި، ނޯވޭގެ ލަނޑުތައް ޖެހީ އާލިން ހާލަންޑް ހެޓްރިކެއްގެ އިތުރުން، އިޒްރޭލުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި މެޗުގައި ހެދި ހެޓްރިކާ އެކު، ހާލަންޑް ވަނީ ނޯވޭ އަށް 46 މެޗުން 51 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ އެންމެ މަދު މެޗުން ގައުމީ ޓީމަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ. ކުރިން އެ ރެކޯޑް އޮތީ 71 މެޗުން 50 ލަނޑު ހަމަކުރި އިންގްލެންޑްގެ ފޯވާޑް، ހެރީ ކޭން އަތުގަ އެވެ.

އިޒްރޭލް އަތުން ލިބުނު މޮޅާ އެކު، ނޯވޭ އަށް ކުޑަމިނުން ޕްލޭއޮފްގެ ޖާގައެއް ލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން، 2000 ވަނަ އަަހަރުގެ ފަހުން އެ ޓީމުން ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު އެބައޮތެވެ. ނޯވޭ އިން އިން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުުޅުނީ، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ .