Advertisement

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފި

10 އޮކްޓޯބަރު 2025 - 21:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތް -- ފޮޓޯ: އަދަދު


މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފި

10 އޮކްޓޯބަރު 2025 - 21:54 0

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މި ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ތިރީގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުތަކުން [މާފަންނާއި ހެންވޭރުން] ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް،" ސްޓެލްކޯގެ އިއުލާނުގައި ބުންޏެވެ.

އެ ކުންފުނިން ވަނީ އެ ގަޑީގައި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

މާލޭގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތެއް މާދަމާ ކުރަން ނިންމާފައިވާކަން އެ ކުންފުނިން އިއުލާނު ކޮށްފައިވާއިރު، މުޅި މާލެ އާއި ހުޅުމާލެއިން ޖޫން 1، ގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑުނުއިރު، މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ. ނަމަވެސް މިއަދާ ހަމައަށް އެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.