Advertisement

"ގެސްޓްހައުސް ސިނާއަތް ދެމިއޮންނަން ހަތަރު އަހަރުން 500 މިލިއަން ޑޮލަރުގެ އިންވެސްޓް ބޭނުންވޭ"

9 އޮކްޓޯބަރު 2025 - 20:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް: މިދިޔަ ތިން އަހަރު ތެރޭގައި ގެސްޓްހައުސް ސިނާއަތަށް 100 މިލިއަން ޑޮލަރު އިންވެސްޓު ކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"ގެސްޓްހައުސް ސިނާއަތް ދެމިއޮންނަން ހަތަރު އަހަރުން 500 މިލިއަން ޑޮލަރުގެ އިންވެސްޓް ބޭނުންވޭ"

9 އޮކްޓޯބަރު 2025 - 20:18 0

ގެސްޓްހައުސް ވިޔަފާރި ދެމިއޮންނަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބައި ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމާލުމަށްފަހު މުފައްދަލް އިދްރީސް އަދަދު އަށް ވިދާޅުވީ ގެސްޓްހައުސް ސިނާއަތް ދެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އޮޕަރޭޓް ކުރަމުން އަންނަ ގޮތަށް ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"ގެސްޓްހައުސް ސިނާއަތް ދެމިއޮންނަން ބައި ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓް ކުރިއަށް އޮތް ތިން، ހަތަރު އަހަރުގެ ތެރޭގައި ބޭނުންވާނެ. ގެސްޓްހައުސް ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނީ އޮޕަރޭޓުކުރާ ގޮތަށް ބައިވެރު ބަދަލުތަކެއް ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.

ސިމްޕޯޒިއަމް ފެށި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މިދިޔަ ތިން އަހަރު ތެރޭގައި ގެސްޓްހައުސް ސިނާއަތަށް 100 މިލިއަން ޑޮލަރު އިންވެސްޓު ކޮށްފައިވާ ކަމަށެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން އެކި މައުޟޫތަކަށް ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންތަކުގައި ފުޅާ ދާއިރާއެއްގައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނުކަން މުފައްދަލް އިދްރީސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްތައް މާކެޓު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންއަކީ ވެސް އަގުހުރި މައުލޫމާތުތަކެއް ދެވުނު ޕެނަލް ޑިސްކަޝަނެއް ކަމަށާއި ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން ވެސް މުހިންމުވި ކަމަށެވެ.

އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމް މި އަހަރު ނިންމާލީ އަންނަ އަހަރު ގެސްޓްހައުސް އެވޯޑު ބާއްވާނެކަން އިއުލާންކޮށްފަ އެވެ.

މުފައްދަލް އިދުރީސް ވިދާޅުވީ ގެސްޓްހައުސްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭން ފެށުމަކީ އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށާއި އެ އެވޯޑު ވެގެންދާނީ ދެފުށް ފެންނަ ގޮތަށް ބާއްވާ އެވޯޑެއް ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ބާއްވާ އެމްއައިބީ ސިމްޕޯޒިއަމްގައި މި އަހަރު 150 ފަރާތަކުން ބައިވެރިވި އެވެ.