Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމާލީ ގެސްޓްހައުސް އެވޯޑު ބާއްވާނެކަން އިއުލާންކޮށްފައި

9 އޮކްޓޯބަރު 2025 - 18:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގެސްޓްހައުސް ސިމްޕޯޒިއަމްގައި ގެސްޓްހައުސް އެވޯޑްސް އިއުލާންކުރުން: ގެސްޓްހައުސް އެވޯޑްސް އޮންނާނީ އަންނަ އަހަރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމާލީ ގެސްޓްހައުސް އެވޯޑު ބާއްވާނެކަން އިއުލާންކޮށްފައި

9 އޮކްޓޯބަރު 2025 - 18:53 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބޭއްވި އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމާލަމުން، ގެސްޓްހައުސް އެވޯޑު ބާއްވާނެކަން މިއަދު އިއުލާންކޮށްފި އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިމުމުގެ ކުރިން ގެސްޓްހައުސް އެވޯޑު އިއުލާންކޮށް، އެ އެވޯޑުގެ ހުރިހާ ކަމެއް ހަވާލުކުރީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްއާ އެވެ.

އެމްއައިބީގެ ޗީފް ރީޓެއިލް އޮފިސަރު، ހުސައިން އާލިމް ޝަކޫރު އަދަދު އަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެމްއައިބީ ގެސްޓްހައުސް އެވޯޑު ދޭނީ ގެސްޓްހައުސް ސިމްޕޯޒިއަމާ ދިމާކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ގެސްޓްހައުސް އެވޯޑު ކުރިއަށްގެންދާނެ ސްޓްރަކްޗާ އިން ފެށިގެން ޖަޖުން ކަނޑައެޅުމާ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ކްރޯއިން ކަމަށެވެ.

ކްރޯގެ މެނޭޖިން ޕާޓްނާ، ހަސަން މުހައްމަދު ވިދާޅުވީ ގެސްޓްހައުސް އެވޯޑު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ދެވޭ އެންމެ ތަފާތު އެވޯޑަށް ކަމަށެވެ. އެގޮތުން އެ އެވޯޑުގައި އެއްވެސް ސްޕޮންސަރެއް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ގެސްޓްހައުސް އެވޯޑުގެ އެވޯޑުތައް ލިބޭނީ އެންމެ ހައްގު މީހުންނަށްކަން އެ އޮޑިޓް ފާމުން ކަށަވަރު ކުރާނެ ކަމަށެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމާލީ ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރު ނަގައި އަގުބޮޑު އިނާމުތަކެއް ދިނުމަށްފަހު އެވެ. އެގޮތުން އައިފޯން 17 ތިން ބައިވެރިއަކަށް ލިބުނުއިރު، ދިރާގާއި މޯލްޑިވިއަންގެ އިނާމުތަކެއް ވެސް ދިނެވެ.

ގެސްޓްހައުސް ދާއިރާއާ ހުރިހާ އެންމެން އެއް ތަނަކަށް ގެންނަ އެމްއައިބީ ސިމްޕޯޒިއަމްގެ ތެރެއިން ހަތަރު ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދިޔަ އެވެ. އެ ޕެނަލް ޑިސްކަޝަންތަކުގައި ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި ހައްލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަަރާތަކެއް ކުރި އެވެ. މިދިޔަ އަހަރުން ފެށިގެން ބާއްވާ އެމްއައިބީ ސިމްޕޯޒިއަމްގައި މި އަހަރު 150 ފަރާތަކުން ބައިވެރިވި އެވެ.