Advertisement

ގެސްޓްހައުސް ސިމްޕޯޒިއަމުން ދާއިރާއަށް ކުރިއެރުން ލިބޭނެ: ތޯރިގު

9 އޮކްޓޯބަރު 2025 - 10:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު: ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގެސްޓްހައުސް ސިމްޕޯޒިއަމުން ދާއިރާއަށް ކުރިއެރުން ލިބޭނެ: ތޯރިގު

9 އޮކްޓޯބަރު 2025 - 10:37 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމަކީ ދާއިރާ ކުރިއަރުވަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޝަރަފުވެރި މެހެމާނެއް ގޮތުގައި ބައިވެރިވެ ތޯރިގު ވިދާޅުވީ ސިމްޕޯޒިއަމްގެ ބޭނުން ހިފައި، ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރެވޭނެ ކަމަށެވެ.

"މި ސިމްޕޯޒިއަމްއަކީ ލިބޭ ވަރަށް ތަފާތު ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ހިފައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކުގެ ވާހަކަ ވެސް ގެނެސްދިނުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ގެސްޓްހައުސް ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ފައިނޭންސްކުރުމުގެ އިތުރުން އިންވެސްޓު ވެސް ކުރާނެ ކަމަށެވެ.

ގެސްޓްހައުސްތައް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއެރުވޭނެކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ ގެސްޓްހައުސްތަކުން ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް މުހިންމު ކަމަށް ތޯރިގު ވިދާޅުވި އެވެ.

މިދިޔަ އަހަރުން ފެށިގެން އެމްއައިބީން ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައި މިފަހަރު ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެ އެވެ. އެ ޕެނަލް ޑިސްކަޝަންތައް މެދުވެރިކޮށް އެކި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީން ބުނީ އެއް ފުރާޅެއްގެ ދަށުން ސިމްޕޯޒިއަމްގެ ދަށުން ގެސްޓްހައުސްތަކާއި ޓޫރިޒަމާއި ގުޅޭ އެކި ވިޔަފާރިތައް ބައްދަލުވެ ވިޔަފާރި ފުޅާކުރުމާއި މިހާރަށް ވުރެ ފައިދާ ބޮޑުވާނެ ގޮތަށް ހިންގުމަށް މަގުފަހިވާނެ މައުލޫމާތު ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ އެމްއައިބީގެ ގެސްތްހައުސް ސިމްޕޯޒިއަމްގައި ވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.