Advertisement

އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމް 2025 ފަށައިފި

9 އޮކްޓޯބަރު 2025 - 09:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމް 2025 ފަށައިފި

9 އޮކްޓޯބަރު 2025 - 09:30 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓް ހައުސް ސިމްޕޯޒިއަމް 2025 ބައިވެރިންނާއެކު ފަށައިފި އެވެ.

އެ ސިމްޕޯޒިއަމްގައި މިފަހަރުވެސް ގެސްޓްހައުސްތަކާއި ގުޅޭ އެކި ކަންކަމާއި މަޝްވަރާކުރުމާއި ކަމާއި ގުޅޭ ތަޖުރިބާ ކާރުންގެ ކީނޯޓް ސްޕީޗް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުން ފެށިގެން އެމްއައިބީން ބާއްވާ އެ ސިމްޕޯޒިއަމްގައި މިފަހަރު ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެ އެވެ.

މިގޮތުން ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން، ދެވަނަ ޕެނަލްޑިސްކަޝަންގައި ޑެސްޓިނޭޝަަން ބްރޭންޑިން، ތިންވަނަ ޕެނަލް ޑިސްކަޝަންގައި ފައިނޭންސްއާ ގުޅޭ ގޮތުން އަދި ހަތަރުވަނަ ޕެނަލް ޑިސްކަޝަންގައި ކުރު މުއްދަތުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.

އެ ޕެނަލް ޑިސްކަޝަންތައް މެދުވެރިކޮށް އެކި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީން ބުނީ އެއް ފުރާޅެއްގެ ދަށުން ސިމްޕޯޒިއަމްގެ ދަށުން ގެސްޓްހައުސްތަކާއި ޓޫރިޒަމާއި ގުޅޭ އެކި ވިޔަފާރިތައް ބައްދަލުވެ ވިޔަފާރި ފުޅާކުރުމާއި މިހާރަށް ވުރެ ފައިދާ ބޮޑުވާނެ ގޮތަށް ހިންގުމަށް މަގުފަހިވާނެ މައުލޫމާތު ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ އެމްއައިބީގެ ގެސްތްހައުސް ސިމްޕޯޒިއަމްގައި ވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.