Advertisement

ވިލާ މާޓް: ރޯދައަށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ ކޮލިޓީ އުފެއްދުންތައް ތާޒާކަންމަތީ ލިބޭނެ

6 މާރިޗު 2025 - 17:19 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ މާޓް: މި ފިހާރައިގައި ބޭރުގެ ކޮލިޓީ ގިނަ މަރުކާތަކުގެ ލިބެން ހުރޭ -- އަދަދު ފައިލް ފޮޓޯ


ވިލާ މާޓް: ރޯދައަށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ ކޮލިޓީ އުފެއްދުންތައް ތާޒާކަންމަތީ ލިބޭނެ

6 މާރިޗު 2025 - 17:19 2

ރޯދަ ވީއްލަން ބޭނުންވާ ކާބޯތަކެތި ހަދަން ބޭނުންވާ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ހޯދުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. އެ ގަންނަ އުފެއްދުމަކީ ފެންވަރު ރަނގަޅު ފައިދާހުރި އުފެއްދުމަކަށް ވެސް ވާން ކޮންމެ މީހަކުމެ ބޭނުންވާނެ އެވެ.

ވިލާ ޓްރޭޑިން އިން ހިންގަމުންދާ ވިލާ މާޓުން އެކަމަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން މިފަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ފެންވަރު ރަނގަޅު އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން އަތްފޯރާފަށުގައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެ ގޮތުން ރޯދަ ވީއްލަން ބޭނުންވާ ކަދުރުން ފެށިގެން ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ އެކި ވައްތަރުގެ ތަރުކާރީ އާއި މޭވާގެ އިތުރުން ޗިކަން ވިންގްސް އާއި ހޯލް ޗިކަން އާއި ޗިކަން ބްރެސްޓް ވެސް ވިލާ މާޓުގެ ފިހާރަތަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ރޯދަ މަހު ކޮންމެހެން ކާބޯތަކެތި ތައްޔާރު ކުރަން ބޭނުންވާ މުށި ކުލައިގެ ބިހާއި ހުދު ބިހާއި ފިޔާ އަލުވި އަދި ލުނބޯގެ އިތުރުން އެހެނިހެން ތަކެތި ވެސް އެ ފިހާރައިން ލިބެ އެވެ.


މީގެއިތުރުން ވިލާ މާޓުގެ ފިހާރަތަކުން ނެދަލޭންޑްސް އިން އެތެރެކޮށް ތާޒާކޮށް ވިއްކަމުންދާ އެސްޕަރަގަސް، ބްރަސަލްސް ސްޕްރޯޓްސް، ޝިޓާކޭ މަޝްރޫމްސް، ބްލޫބެރީ، ބްލެކްބެރީ، އެވަކާޑޯ، ޗެރީ، ވައިން ޓޮމާޓޯ އަދި ސްޕިނެޗް ވެސް ލިބެ އެވެ.

ވިލާ މާޓުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އަލްމަރާއި އަދި ވެއިޓްރޯޒް ބްރޭންޑްގެ އެކި އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި ދަނީ ވިއްކަމުންނެވެ.

ވިލާ މާޓުގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ. އަދި އެ ފިހާރައިން ވިއްކާ އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ރޯދަ މަހު ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ވިލާ މާޓު ހުޅުވާނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 5:00 އަށް އަދި ރޭގަނޑު 08:00 އިން ފެށިގެން މެންދަމު 03:00 އަށެވެ.

ހުކުރު ދުވަހު ހެނދުނު 09:00 އިން 11:00 އަށް ހުޅުވުމަށްފަހު މެންދުރު 1:30 އިން 05:00 އަށް އަދި ރޭގަނޑު 08:00 އިން ފެށިގެން މެންދަމު 03:00 އަށް ހުޅުވަ އެވެ.