Advertisement

އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމް ބުރާސްފަތި ދުވަހު ބާއްވަނީ

5 އޮކްޓޯބަރު 2025 - 15:32 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމް ބުރާސްފަތި ދުވަހު ބާއްވަނީ

5 އޮކްޓޯބަރު 2025 - 15:32 1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓް ހައުސް ސިންޕޯޒިއަމް 2025 ބުރާސްފަތި ދުވަހު ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ އަހަރުން ފެށިގެން އެމްއައިބީން ބާއްވާ އެ ސިމްޕޯޒިއަމްގައި މި އަހަރު ވެސް ގެސްޓްހައުސްތަކާއި ގުޅޭ އެކި ކަންކަމާއި މަޝްވަރާކުރުމާއި ކަމާއި ގުޅޭ ތަޖުރިބާ ކާރުންގެ ކީނޯޓް ސްޕީޗް އޮންނާނެ އެވެ.

ސިމްޕޯޒިއަމްގައި ބައިވެރިވާން ބޭނުންވާ ކުދި ވިޔަފާރިތަކަށް ލިންކެއް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެމްއައިބީން ބުނީ ސިމްޕޯޒިއަމްގައި ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެ ކަމަށެވެ. އެ ޕެނަލް ޑިސްކަޝަންތައް މެދުވެރިކޮށް އެކި މައުލޫމާތުތައް ފޯރުކޮށްދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެއް ފުރާޅެއްގެ ދަށުން ސިމްޕޯޒިއަމްގެ ދަށުން ގެސްޓްހައުސްތަކާއި ޓޫރިޒަމާއި ގުޅޭ އެކި ވިޔަފާރިތައް ބައްދަލުވެ ވިޔަފާރި ފުޅާކުރުމާއި މިހާރަށް ވުރެ ފައިދާ ބޮޑުވާނެ ގޮތަށް ހިންގުމަށް މަގުފަހިވާނެ މައުލޫމާތު ލިބޭނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ އެމްއައިބީގެ ގެސްތްހައުސް ސިމްޕޯޒިއަމްގައި ވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.