Advertisement

ބޮނީ ތަފާތު ދައްކައި އިންޓަ އަށް ބޮޑު މޮޅެއް

5 އޮކްޓޯބަރު 2025 - 07:27 0


ބޮނީ ތަފާތު ދައްކައި އިންޓަ އަށް ބޮޑު މޮޅެއް

5 އޮކްޓޯބަރު 2025 - 07:27 0

މިލާން (އޮކްޓޫބަރު 5) - އިޓާލިއަން ލީގުގައި ރޭ އަންގޭ-ޔޮއާން ބޮނީ ތަފާތު ކުޅުމެއް ދައްކައި، އިންޓަ މިލާނަށް ކްރެމޮނީސޭ އަތުން 4-1 އިން ބޮޑު މޮޅެއް ހޯދައިދީފި އެވެ.

ރޭގެ ނަތީޖާއާ އެކު، އިންޓަ އިން ވަނީ ލީގުގެ ކުރީގައި އޮތް ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެ ގޮތުން، އިންޓަ އިން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވެ، ފޯމަކަށް އެޅުނުއިރު، ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާއި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ، ތިން ވަނައިގައި އޮތް ރޯމާ އަދި ހަތަރެއްގައި އޮތް އިންޓަ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. އެހެން ޓީމުތަކަށް ފަސް މެޗުން އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން ވަނީ ހަ މެޗު ކުޅެފަ އެވެ.

ރޭގެ މެޗުގައި އިންޓަ އިން ޖެހި ހުރިހާ ގޯލެއްގައި ވެސް ބޮނީގެ ދައުރު އެބައޮތެވެ. އެ ގޮތުން، މެޗުގެ ހަ ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް، އިންޓަ އަށް ލީޑުނަގައިދިނީ ބޮނީ ދިން ބޯޅައަކުންނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ބޮނީ ޖެހި ގޯލުން އިންޓަ އިން ލީޑުފުޅާކުރިއިރު، ފުރަތަމަ ހާފު ނިންމާލީ ދެ ނަތީޖާގަ އެވެ. ދެ ވަނަ ހާފުގައި އިންޓަ އިން ތިން މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. ބޮނީ ތަނަވަސްކޮށްދިން ފުރުސަތުތަކުން މި ލަނޑުތައް ޖެހީ، ފެޑެރީކޯ ޑިމާކޯ އާއި ނިކޯލޯ ބަރޭލާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކްރެމޮނީސޭގެ ހަމައެކަނި ލަނޑު ޖެހީ، ފެޑެރީކޯ ބޮނަަޒޯލީ ވޮލީ އަކުންނެވެ.