Advertisement

މިނިސްޓަރު ސައީދަށް ފާޑުކިޔައި ޑޮލަރުގެ އަގު ތިރިކުރަން ގޮވާލައި މީހަކު ކުރި ޕޯސްޓެއް މިނިސްޓަރު ހަލީލު ރިޕޯސްޓުކޮށްފި

4 އޮކްޓޯބަރު 2025 - 17:56 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު ހަލީލު: ނިސްޓަރު ސައީދަށް ފާޑުކިޔައި ޑޮލަރުގެ އަގު ތިރިކުރަން ގޮވާލާ މީހަކު ކުރި ޕޯސްޓެއް އޭނާ ވަނީ ރިޕޯސްޓުކުރައްވާފަ ---- ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރު ސައީދަށް ފާޑުކިޔައި ޑޮލަރުގެ އަގު ތިރިކުރަން ގޮވާލައި މީހަކު ކުރި ޕޯސްޓެއް މިނިސްޓަރު ހަލީލު ރިޕޯސްޓުކޮށްފި

4 އޮކްޓޯބަރު 2025 - 17:56 2

ޑޮލަރުގެ އަގާއި ގުޅުވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ރިޕޯސްޓު ކުރައްވައިފި އެވެ.

ސައީދަށް ފާޑުކިޔައި މީހަކު ރައްދު ދިނީ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ އާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބަހުގެ ހަމަލާއެއް ދެއްވާ ކުރެއްވި ޕޯސްޓަކަށެވެ.

މުހައްމަދު އާދިލް ކިޔައި މީހަކު އެކްސްގައި ލިޔެފައިވަނީ "ފ* ނުކިޔާ ޑޮލަރުގެ އަގު ތިރިކޮށްބަލަ ބރނ****،" މިފަދައިންނެވެ. އެ ޕޯސްޓު ހަލީލު ރިޕޯސްޓުކުރުމުން ސްކްރީންޝޮޓް ނަގައި އެ މީހާ ވަނީ ދެވަނަ ޕޯސްޓެއް ވެސް ކޮށްފަ އެވެ.

ސްކްރީންޝޮޓުގެ ސައްހަކަން ކަށަވަރުކުރުމަށް މި ނޫހުން އެ މީހާ އާއި ގުޅުމުން، އެކަން ކަށަވަރުކޮށްދީ ރިޕޯސްޓު ސްކްރީންޝޮޓު އަދި ނޮޓިފިކޭޝަން ސްކްރީންޝޮޓު މި ނޫހާ ވަނީ ހިއްސާކޮށްފަ އެވެ.

ޑޮލަރުގެ އަގާއި ގުޅުވާ އެތައް ބަޔަކު ސައީދަށް ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުހެން ފާޑުކިޔަ އެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަމުގެ ކުރީކޮޅު، ދެތިން މަސް ދުވަހުގެ ތެރޭ ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެ ސައީދު ދެއްކެވި ވާހަކަ އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަމުން ގޮސް ޑޮލަރެއް ލިބޭ އަގު 20ރ. އިން މަތީގައި ހުންނަތާ ދެ މިހާރު ވަނީ ދެ މަސް ދުވަސް ވެފަ އެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު 20ރ. އިން މައްޗަށް އެރީ ޖުލައި މަހުގެ ދެވަނަ ހަފުތާގެ ތެރޭގަ އެވެ. އޭގެ ފަހުން ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލި ޑޮލަރެއްގެ އަގު 20.20ރ. އަށް ވެސް އެރި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ މިއަދު ޑޮލަރު ލިބެނީ ޑޮލަރެއް 20.10ރ. ރޭޓުން ކަމަށެވެ. ޑޮލަރު ގަންނަނީ 19.90ރ. އަށެވެ.

މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.