Advertisement

ގާޒާ އަށް އެހީ ހިފައިގެން ދިޔަ ގިނަ ބޯޓުތަކަށް އިޒްރޭލުން އަރައިގަނެ ގްރެޓާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށްފި

2 އޮކްޓޯބަރު 2025 - 08:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފްލޮޓީލާގެ ބޯޓެއްގައި ގްރެޓާ އަދި އޭނާ އާއެކު ދަތުރުކުރި ބައިވެރިން ދަތުރުގެ ކުރީކޮޅު ނަގާފައިވާ ފޮޓޯއެއް


ގާޒާ އަށް އެހީ ހިފައިގެން ދިޔަ ގިނަ ބޯޓުތަކަށް އިޒްރޭލުން އަރައިގަނެ ގްރެޓާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށްފި

2 އޮކްޓޯބަރު 2025 - 08:42 0

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދު ކުރުމާ ގުޅިގެން ބަނޑަށް ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް، އެހީގެ ސާމާނު ހިފައިގެން ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގައި ހިމެނޭ ގިނަ ބޯޓުތަކަށް އިޒްރޭލު ސިފައިން އަރައިގަނެ، ބޯޓުތައް ހުއްޓުވައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ބޯޓުތަކަށް އަރައިގަތީ އަސްކަރީ އުޅަނދުތަކުން އެ ބޯޓުތައް ވަށާލުމަށްފަހު އެވެ. އެ ވަގުތު ބޯޓުތައް މަތިން އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ދިޔައީ ދުއްވަމުންނެވެ.

ބޯޓުތައް ހުއްޓުވައި 37 ގައުމަކަށް ނިސްބަތްވާ 201 މީހަކު އިޒްރޭލުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ސްވިޑަންގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ހިމެނެ އެވެ. އަދި ސްޕެއިން ގެ 30 މީހަކާއި، އިޓަލީގެ 22 މީހަކާއި، ތުރުކީގެ 21، މީހަކު އަދި މެލޭޝިއާގެ 12 މީހަކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ބައެއް ބޯޓުތައް ހުއްޓުވި ނަމަވެސް އަދިވެސް 30 އަށްވުރެ ގިނަ ބޯޓުން ގާޒާގެ އައްސޭރިއަށް ދެވޭތޯ ދަތުރުކުރަމުންދާ ކަމަށް ފްލޮޓީލާގެ ތަރުޖަމާނު ސައިފް އަބުކެޝެކް ވިދާޅުވެފައިވެ އެވެ. މި ބޯޓުތަކުގެ ލައިވް ޓްރެކިން ސައިޓުން ދައްކާ ގޮތުގައި އިޒްރޭލުން މިހާތަނަށް 11 ބޯޓަކަށް ވަނީ އަރައިގަނެފަ އެވެ. އިތުރު 15 ބޯޓަކުން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

އިޒްރޭލުން މި ބޯޓުތަކަށް ހަމަލާ ދިނުމުން ދުނިޔޭގެ އެކި ގައުމުތަކުގައި މިވަގުތު ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިޓަލީ، ފްރާންސް، އަދި، ބެލްޖިއަމް ގައި ރޭ ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެ އެވެ.

މީގެ ތެރެއިން ބޯޓެއްގައި ދިވެއްސެއް ވެސް އެބަހުއްޓެވެ. ގާޒާއަށް ދަތުރުކުރަމުންދާ ދިވެއްސަކީ އިބްރާހިމް ޝާޒް (ބޮޑޭ) އެވެ.

ފަންސާހަށްވުރެ ގިނަ އުޅަނދާއެކު 46 ގައުމަކުން 497 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުގެ މަޝްހޫރު އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.