Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ފައިނަލުގައި އެޗްޕީއެސްއެން އާއި ބިނާާރާގެ ކުރިމަތިލުމެއް

2 އޮކްޓޯބަރު 2025 - 07:43 0

ބިނާރާ ޓީމުގެ އަނޫފް (ކ) އާއި އިރުފާދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކްލަސިކް: ފައިނަލުގައި އެޗްޕީއެސްއެން އާއި ބިނާާރާގެ ކުރިމަތިލުމެއް

2 އޮކްޓޯބަރު 2025 - 07:43 0

ކްލަބް މޯލްޑިވްސް އިން ބާއްވާ ކްލަސިކް ފުޓްސަލް މުބާރާތުގެ ފައިނަލުން އެޗްޕީއެސްއެން އާއި ކްލަބް ބިނާރާ ޖާގަ ހޯދައިފި އެވެ.

ޖުމްލަ 32 ޓީމާ އެކު ކުރިއަށްދިޔަ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެފައިވަނީ ރެ އެވެ.

އެ ގޮތުން، ސެމީ ފައިނަލް ފުރަތަމަ މެޗުގައި، އެޗްޕީއެސްއެން އިން ވަނީ 5-3 އިން ޓީމު މާލެ ސިޓީ ކައުންސިލް ބަލިކޮށްފަ އެވެ. އަދި، ދެ ވަނަ ސެމީ ފައިނަލުގައި ކްރިމިނަލް ކޯޓު އަތުން ކްލަބް ބިނާރާ މޮޅުވީ 9-3 އިންނެވެ. މިއީ، މި ހަތަރު ޓީމުން ވެސް ކްލަސިކްގެ ސެމީގައި ކުޅުނު ފުރަތަމަ ފަަހަރެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން އައި ސިޓީ ކައުންސިލް ކޮޅަށް އެޗްޕީއެސްއެން އިން ލަނޑުތައް ޖެހީ، މުހައްމަދު ސޮލާހު ހެޓްރިކެއްގެ އިތުރުން އަހުމަދު ރިލްވާން އެވެ. މެޗުގައި ސިޓީ ކައުންސިލްގެ ގޯލުތައް ކާމިޔާބުކޮށްފައިވަނީ، އިސްމާއިލް މުސަބް ނަޖީބު، މުހައްމަދު ސަމީހު އަދި ނިބްރަސް މުހައްމަދު ޝަފީގު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، އެޗްޕީއެސްއެންގެ ސޮލާހު އެވެ.

ރޭގެ މެޗުގައި އެޗްޕީއެސްއެންގެ ސޮލާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ދެ ވަނަ ސެމީ ފައިނަލުގައި ބިނާރާ އިން ވަނީ ފަރަގު ބޮޑުކޮށް ކްރިމިނަލް ކޯޓު ބަލިކޮށްފަ އެވެ. މި މެޗުގައި ބިނާރާގެ ލަނޑުތައް ޖަހައިދީފައިވަނީ، މެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނު މުހައްމަދު އަނޫފް ނާޝިދު ހެޓްރިކެއްގެ އިތުރުން، އަލީ އިރުފާދު އާއި ހަަސަން ވިސާލް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ނައްސާހު އިބްރާހިމް ނާސިރު އަދި ހުމައިދު އަބްދުﷲ ގޯލެކެވެ، މި މެޗުގައި، ބިނާރާގެ ނައްސާހު އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ކްރިމިނަލް ކޯޓުން ލަނޑުތައް ޖެހީ، ޔައިޝް މުސްތަފާ، މުހައްމަދު ޝާއިފު ޝާމިރު އަދި މުހައްމަދު އަހުމަދު އެވެ.

ކްލަސިކްގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ.