Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ކުއާޓާގެ ފަހު ޖާގަތައް ބިނާރާ، ފިނޭންސް، ކްރިމިނަލް ކޯޓު އަދި ބީސީސީ އަށް

26 ސެޕްޓެންބަރު 2025 - 14:53 0

ބިނާރާގެ އަނޫފް (ކ) އާއި ނައްސާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކްލަސިކް: ކުއާޓާގެ ފަހު ޖާގަތައް ބިނާރާ، ފިނޭންސް، ކްރިމިނަލް ކޯޓު އަދި ބީސީސީ އަށް

26 ސެޕްޓެންބަރު 2025 - 14:53 0

ކްލަބް މޯލްޑިވްސް ކްލަސިކްގެ ގަދަ 16 ބުރުން އެންމެ ފަހުގެ ޗެމްޕިއަނާއި ރަނަރަޕް ކެޓިއިރު، ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކްލަބް ބިނާރާ، ފިނޭންސް ރެކްރިއޭޝަން ކްލަބް، ކްރިމިނަލް ކޯޓު އަދި ކްލަބް ބީސީސީން ހޯދައިފި އެވެ.

ރޭ ގަދަ 16 ބުރުގެ ފަހު ހަތަރު މެޗު ކުޅުނުއިރު، ބިނާރާ އިން ވަނީ 4-1 އިން މިދިޔަ ދެ އަހަރު ގަދަ ހަތަރެއްގައި ހިމެނުނު ކްލަބް 220 ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާ ކްލަބް ކެޓީ ފިނޭންސް ރެކްރިއޭޝަން ކްލަބް އަތުން 2-1 އިން ބަލިވެގެންނެވެ. އަދި، ކްރިމިނަލް ކޯޓުން ވަނީ 3-3 އިން ފިޝަރީސްއާ އެއްވަރުވި ނަމަވެސް، 5-3 އިން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. އަދި، މިދިޔަ އަހަރުގެ ރަނަރަޕް އެމްއެމްއޭ ކެޓީ 1-0 އިން ކްލަބް ބީސީސީ އަތްދަށުވެގެންނެވެ.

ރަނގަޅު ފޯމެއްގައި މި ފަަހަރުގެ މުބާރާތް ކުޅެމުން އަންނަ ބިނާރާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު އަނޫފް ނާޝިދު ދެ ގޯލުގެ އިތުރުން ނައްސާހު އިބްރާހިމް ނާސިރު އަދި އަލީ އިރުފާދު އެވެ. ކްލަބް 220ގެ ލަނޑު ޖެހީ އިސްމާއިލް އަޒުހާން އެވެ.

ފިނޭންސްގެ މުހައްމަދު އަޒާން ފަތުހުﷲ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއިރު، އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ހަސަން އަޒްވާން އެވެ. ކުޅިވަރު ވުޒާރާގެ ހަމައެކަނި ލަނޑު ޖެހީ އާލިމް އަބްދުލް ގައްޔޫމް އެވެ.

ކްރިމިނަލް ކޯޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޔައިޝް މުސްތަފާ، މުހައްމަދު ޝަފްރާޒް އަދި އަހުމަދު އައުސަމް ހުސެއިން އެވެ. ފިޝަރީސްގެ ލަނޑުތައް ޖެހީ އަޔާން ހަސަން ޝަރީފް ދެ ގޯލާއި އަރީފް މަމްދޫހު އެވެ. ކްރިމިނަލް ކޯޓުން ފަސް ޕެނަލްޓީ ވެއްދިއިރު، ފިޝަރީސަށް ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ.

އެމްއެމްއޭ އަތުން ބީސީސީ މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އީމާން އަހުމަދު އެވެ.

ކުއާޓާ ފައިނަލުގެ މެޗުތަކަށް ބަލާއިރު، އެޗްޕީއެސްއެން ކުޅޭނީ ޓީމު ޑީޖޭއޭއާ އެވެ. ޓީމު ބަދަހިން މާލެ ސިޓީ ކައުންސިލާ ކުޅޭއިރު، ބިނާރާ ނުކުންނާނީ ފިނޭންސާ ދެކޮޅަށެވެ. އަދި، ކްރިމިނަލް ކޯޓުން ވާދަކުރާނީ ބީސީސީއާ އެވެ.