Advertisement

އާ އަހަރަށް އައްޑޫ ސިޓީގެ ޝަންގްރިއްލާ މޯލްޑިވްސް ހުޅުވަނީ

30 ސެޕްޓެންބަރު 2025 - 13:31 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އާ އަހަރަށް އައްޑޫ ސިޓީގެ ޝަންގްރިއްލާ މޯލްޑިވްސް ހުޅުވަނީ

30 ސެޕްޓެންބަރު 2025 - 13:31 2

ކޮވިޑާ ގުޅިގެން 2020 އަހަރު ވަގުތީގޮތުން ބަންދުކުރި އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އާ އަހަރު އަލުން ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝަންގްރިއްލާ ރިސޯޓު ހުޅުވައި އަލުން ހިދުމަތް ދިނުމަށް އެ ރިސޯޓު ހިންގާ ކުންފުނިން ނިންމީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.

"އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓު އެންޑް ސްޕާ އަލުން ހުޅުވައި ހިދުމަތް ފެށުމާ ގުޅޭގޮތުން ސަރުކާރުން އެ ރިސޯޓު ހިންގާ ކުންފުންޏާއެކު ކުރި މަޝްވަރާތަކުން މި އަހަރުގެ ނިޔަލަށް ރިސޯޓު ހުޅުވައި ހިދުމަތްތައް ފެށުމަށް ހަމަޖެހިއްޖެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޝަންގްރިިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދީފައިވާ ރިސޯޓެކެވެ. އެ ރިސޯޓު ބަންދުކުރުމުގެ ކުރިން 500 އަށްވުރެ ގިނަ މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާކޮށްފައިވެ އެވެ.

އެ ރިސޯޓުގެ ހިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ ފުލާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މިނިސްޓްރީން ބުނީ އެ މަޝްވަރާތަކަށްފަހު ސަރުކާރާއި އެ ރިސޯޓަށް އެއްބަސްވެވުނީ ޑެސެމްބަރު 31، ގެ ކުރިން ރިސޯޓު ހުޅުވުމަށެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ޓޫރިޒަމް އިން ބުންޏެވެ.