Advertisement

ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް

29 ސެޕްޓެންބަރު 2025 - 18:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޅ. ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައުސިން މިނިސްޓްރީ


ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް

29 ސެޕްޓެންބަރު 2025 - 18:03 0

ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ އެކަމަށް ހާއްސަކޮށް ހައުސިން މިނިސްޓްރީ ވަގުތީގޮތުން ހިންގާ ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.

އެ މަޝްރޫއުގެ ދަށުން ނައިފަރު ފަޅުން 44.8 ހެކްޓަރުގެ ބިން ހިއްކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓު ޖަހާނެ އެވެ. އަދި 803 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށްޓާއި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން އެމްޓީސީސީން ޖަހާނެ އެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 679،031،580ރ. އަށް 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

5000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރަކީ 55 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެ ރަށަކީ ފާދިއްޕޮޅުގައި ވެރިކަން ކުރާ ރަށް ވެސްމެ އެވެ.